Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 08:57
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އެންމެ އުނދަގޫ ކަމަކީ ޕާޓީތަކުގެ މެމްބަރުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން: ރައީސް ސޯލިހް 
އެންމެ ހިތްހަމަޖެހިލައްވާ ކަމަކީ ވިހެއުމާއި ގުޅިގެން ދެމަފިރިންނަށް ލިބޭ ޗުއްޓީ

އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އުނދަގޫވި ކަންތަކެއްގެ ގޮތުގައި ދިމާވެފައިވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ބޭފުޅުންނަށް ވަޒީފާ ދިނުމަށް އެދޭ ކަމަށާއި ވަޒީފާ ނުދެވޭ ކޮންމެ ފަހަރަކު ހިތްހަމަ ނުޖެހުން އަންނަކަމަށާއި މީހަކު މަގާމަށް އައްޔަން ކުރުމުން ފާޑުކިޔުން އަމާޒުވާ ކަމަށެވެ. 

"މިއީ ހައްލުކުރުމަށް އަޅުގަނޑަށް ދިމާވި އެންމެ ދަތިކަމަކީ،" އޭނާ ވިދާޅުވި އެވެ.

ޕާޓީތަކުން ނަން ފޮނުވާ ބޭފުޅުންނަށް ވަޒީފާ ނުދެއްވަައިފި ނަމަ ބައެއް ލީޑަރުން ޕޯޑިއަމްތަކުގައި ވެސް  އެ ވާހަކަ ދައްކަވަމުން ދާކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ރައީސް ކަމުގައި މިހާތަނަށް ކުރެވުނު އެންމެ މުހިއްމު އަދި އެންމެ ހިތްހަމަޖެހިލައްވާ ކަމަކީ ވިހެއުމާއި ގުޅިގެން ދެމަފިރިންނަށް ލިބޭ ޗުއްޓީ ދެވޭ ގޮތް ހެއްދެވުމާއި  ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭ ގޮތަށް ހެއްދެވުންކަމަށެވެ. ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ލުއިލޯނު ދިނުން އެއީ ވެރިކަމުގައި މިހާތަނަށް ކުރެވުނު އެންމެ މުހިއްމު ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގައި ވަޒީފާ އަދާކުރާ ކޮންމެ އަންހެނަކަށް  6 މަސް ދުވަހުގެ މެޓަރނިޓީ ލީވް މުސާރައާ އެކު ލިބޭނެ ގޮތަށް ހަމަޖައްސާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭ ގޮތަށް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް