ދިވެހިރާއްޖެ އިން މެލޭޝިޔާއަށް ކަނޑައަޅާ ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ދިވެހިރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އައްޔަން ކުރެއްވީ ހެންވޭރު އާޒާދެވާދީ ވިސާމް އަލީއެވެ.
ވިސާމް އަލީއަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި އަންގާރަ ދުވަހު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މެލޭޝިއާގެ ސަފީރު ކަމަށް މަޖިލީހުން ރުހުން ދީފައިވާ ވިސާމް އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައެވެ. އެކަމަނާއަކީ ޑީއާރުޕީގެ ލީޑަރުކަން ކުރިން ކުރެއްވި އަދި ދައުލަތުގެ ވަޒީރުކަމާއި އެ ނޫން ވެސް އިސް މަގާމުތައް ފުރުއްވައި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.