Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 12:17
ސާވެންގެ ފަސް ވަނަ ބައްދަލުވުމުގެ ތެރެއިން
ސާވެންގެ ފަސް ވަނަ ބައްދަލުވުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ސާވެން
ސާވެންގެ ފަސްވަނަ އެކްޒެކެޓިވް ބައްދަލުވުން ފަށައިފި
ބައްދަލުވުން ކުރިޔަށް ދަނީ އެއް ދުވަހުގެ މުއްދަތަށް

ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސް ނެޓްވޯކް( ސާވެން)ގެ ފަސް ވަނަ އެކްޒެކެޓިވް ބައްދަލުވުން ފަށައިފިއެވެ.

 ސާވެން އަކީ ސާކް ގައުމުތަކުގެ ދިރުންތައް ބެލެހެއްޓުމަށް ހަދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ، މި ސަރަހައްދުގެ ގައުމުތަކުގައި ގަވައިދާ ހިލާފަށް އެތެރެ ކުރެވޭ ޖަނަވާރުތައް ހުއްޓުވުމުގެ މަސައްކަތެވެ.  

އަންގާރާ ދުވަހު ފަށާފައިވާ ބައްދަލުވުމާއި ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އީޕީއޭގެ ސީނިއާ އެންވަޔަރަމެންޓް އެނަލިސްޓު އަހްމަދު ޝާން ވިދާޅުވީ، ސާވެންގެ އެކްޒެޓިވް މީޓިން އަކީ ސާވެންގެ ކަންތައްތައް ބަލަހައްޓާ ފޯކަލް ޕޮއިންޓް ގައި ތިބޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ ފާއިތުވި އަހަރުގައި ހާސިލްވި ކަންތައްތައް އެހެން ގައުމުތަކާއި ހިއްސާ ކުރުން ކަމަށެވެ.  

މި ބައްދަލުވުމުގައި، އަންނަ އަހަރު ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި ބެހޭ ގޮތުން  މަޝްވަރާތަކެއް ކުރާނެ ކަމަށްވެސް ޝާން ވިދާޅުވިއެވެ.  މި އަހަރުގެ ބައްދަލުވުން ރާއްޖެގައި ބާއްވާފައިވާއިރު އަންނަ އަހަރުގެ ބައްދަލުވުން ބާއްވާނެ ގައުމެއް މި ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީޕީއޭގެ ސީނިއާ އެންވަޔަރަމެންޓް އެނަލިސްޓު އަހްމަދު ޝާން މީޑިއާ އަށް މައުލޫމާތު ދެނީ. ފޮޓޯ - އެންވަޔަރަމެންޓް މިނިސްޓްރީ 

 

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހަވީރު ހައެއް ޖަހަންދެން ކުރިޔަށްދާ މި ބައްދަލުވުމުގައި ސާވެންގެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ، މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް، ދުނިޔެއިން މަދުވަމުންދާ ބާވަތްތަކުގެ ދިރުން ދެމެހެއްޓުމަށް ސަރުކާރުން އަހައްމިއްޔަތު ދޭ ކަމަށެވެ.

 ސާވެން ރަސްމީ ގޮތުން އިފްތިތާހް ކޮށްފައިވަނީ 2011 ވަނަ އަހަރު ބޫޓާންގެ ޕަރޯގައި ބޭއްވި ސައުތު އޭޝިއަން އެކްސްޕާޓް ޓްރޭޑް އޮން އިއްލީގަލް ވައިލްޑް ޓްރޭޑްގެ ދެ ވަނަ ބައްދަލުވުމުގައެވެ. އެ ޖަމިއްޔާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ސްރީލަންކާގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް