Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 09:02
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް
މުހައްމަދު ޝަރުހާން
ރާއްޖެޓީވީގެ ފަލަ ސުރުހީ
ގިނަ ކެނޑިޑޭޓުން ކެމްޕެއިން ކުރަނީ ގާނޫނާއި ޚިލާފަށް: ތޮލާލް
ނުހައްގު މުއްސަނދިކަމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅޭނެ ގާނޫނެއް އޮންނަން ޖެހޭކަމަށް ވިދާޅުވި

ގިނަ ކެނޑިޑޭޓުން އިންތިޚާބުތަކާއި ބެހޭ ގާނޫނާއި ޚިލާފަށް ކެމްޕެއިން ކުރާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވެއްޖެއެެވެ.

 ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ، އިންތިޚާބުތައް ބޭއްވޭ ދުވަސްވަރު އިންތިޚާބުތަކާއި ގުޅިގެން އެއްވެސް ބަޔަކަށް މާއްދީ ގޮތުން ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނުމާއި، ހޮވިއްޖެ ނަމަ ކަންކަން ކޮށްދޭނެ ކަމަށް ބުނެ ވައުދު ވުމަކީ ރިޝްވަތުގެ ގޮތުގައި ބެލެވިދާނެ ފަދަ ކަންކަން ކަމަށް އިންތިޚާބާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާކަމަށެެވެ.

އޭނާ ވިދާޅުވީ، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދަ ކަންކަން ކޮށްދިނުމަށް ވައުދުވުމާއި، ފައިސާ ދިނުމާއި، އެކި އެކި ފައިދާތައް ހޯދައި ދިނުމަށް ވައުދުވުން ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި މަޖިލިސް މެންބަރުންގެ ދައުރެއް ނޫން އެއީ ނަރުދަމާ އަޅައި ދިނުމާއި، މަގުހަދައި ދިނުމާއި، ހައްޖު ދަތުރު ހޯދައި ދިނުމާއި،ކްލަބްތައް ސްޕޮންސަރ ކުރުމާއި ޖަމިއްޔާތަކަށް ފައިސާ ދިނުމަކީ މަޖިލިސް މެންބަރަކު ކުރަން ޖެހިވަޑައިގަންނަވާ ކަންތައްތަކެއް ނޫން. އެކަންކަމަކަށް ވައުދުވެވަޑައެއް ނުގެންނެވޭނެ" ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ކަންކަމަކީ ރިޝްވަތު ނަމަވެސް، އެއީ ގޯސް ކަންކަން ކަމަށް ނުބެލޭ މިންވަރަށް އެކަންކަން ނުބެލި އާއްމުވެފައިވާ ކަމަށެވެ. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެކަންކަން ބަލަން ޖެހޭނެ ކަމަށާއި، އަދި ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ގާނޫނުތައް ވެސް އެނގެން ޖެހޭ ކަމަށް ތޮލާލް ވިދާޅުވިއެވެ.

އިންތިޚާބަކީ ރައްޔިތުންގެ ނިންމުމެއް ނިންމަން ލިބޭ ފުރުސަތެއް ކަމަަށާއި، ރައްޔިތުން މާލީގޮތުން ތަނަވަސްކަން ހޯދުމަށް ލިބޭ ފުރުސަތެއް ނޫންކަަމަށް ތޮލާލް ވިދާޅުވިއެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން އަންނަ އިންތިޚާބެއްކަން އިހްސާސް ކުރެވޭނީ، ކެނޑިޑޭޓް ވެސް އަދި ރައްޔިތުން ވެސް އެފަދަ ރިޝްވަތަށް ޖާގަ ނުދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ތަމްސީލް ކުރުމަށް މަޖިލީހަށް ވަންނަ މެންބަރުގެ ނަޒާހަތްތެރިކަން ކަށަވަރުވަރު ކުރުމަށް މާލީ ބަޔާން އާއްމުކުރުން ވަރަށް މުހިއްމު ކަަމަށް ތޮލާލް ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ، މަޖިލީހުގެ 4 އަހަރުގެ ދައުރު ނިމިގެން ނުކުންނަވާ ބޭފުޅާގެ އެ ފަސްއަހަރުގެ މުސާރައާއި ނުބައްދަލު މުއްސަނދިކަން އައިސްފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.

ތޮލާލް ވިދާޅުވީ، ރަނގަޅު ނަޒާހަތްތެރި މަޖިލީހެއް ބިނާ ކުރެވޭނީ، މާލީބަޔާން އާއްމުކުރުމާއިއެކު، ނުހައްގު މުއްސަނދިކަމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅޭނެ ގާނޫނެއް އޮތުމާއި އެކު އިންކަމް ޓެކްސް ވެސް ނެގޭނެ ނިޒާމަކަށް ކަންކަން ބައްޓަން ކުރެވިގެންނެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 މާރޗް 2019 | އަންގާރަ 11:06
ސަންދާނު މޮޔަމީހާ
ތޮލާލް ކަލޭ ދައްކާވާހަކަ އަޑޫއަހާމީހަކު ނެތޭ..ތޮލާލު އަކީ މިހާރު ތިމަގާމަށް ކުފޫ ހަމަވާމީހެށްނޫން ކަލޭގެ ކަމަކީ ޓުވިޓާގަ މީހުންނާ ހުތުރުބަހުން ޒުވާބުކުރުން އޭކަލޭގެ އުފަލަކީ މީއެށްވެސް އުރައްޕެށް ހުރިމީހެށްނޫން