Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 19:47
މިނިސްޓަރު އައިޝާ ހއ. ހޯރަފުށީގައި
މިނިސްޓަރު އައިޝާ ހއ. ހޯރަފުށީގައި
ޝުއައިބް މުހައްމަދު އިގްބާލް
ހއ. ހޯރަފުށި
އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
ސައްލެއަކީ ކުރިއެރުން ގެންނަވާނެ ގާބިލު ބޭފުޅެއް: މިނިސްޓަރު

ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތާއިދު ކުރައްވަނީ އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ އަހުމަދު ސަލީމް (ސައްލެ) އަށް ކަމަށާއި ހޯރަފުށީ ރައްޔިތުންގެ ކިބައިން އާދޭ ހާއެކު އެދެނީ އޭނާއަށް ވޯޓު ދެއްވުމަށް ކަމަށް ހޯރަފުށްޓަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝާތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރިޔާސީ އިންތިހާބު ފަދައިން، ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް ބޭނުންވާ އިންތިހާބެއް ކަމަށާއި ވައުދުތައް ފުއްދޭނީ ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ ސައްލެއަކީ ހޯރަފުށްޓަށް ކުރިއެރުން ގެންނަވާނެ ގާބިލު ބޭފުޅެއް ކަމަށާއި އެކަމަނާގެ އެދުމަކީ ބޮޑު އަގުލަބިއްޔަތަކުން އެ ދާއިރާގެ މެމްބަރު ކަމަށް ސައްލެ އިންތިހާބުކޮށްދިނުން ކަމަށް އައިޝާ ވިދާޅުވިއެވެ.

"ހިތުގެ ފުން މިނުން އާދޭހާ އެދެނީ މި ރަށުގެ ބޮޑު އަގުލަބިއްޔަތަކުން ތިބޭފުޅުން ސަލީމް ހޮވައި ދެއްވުމަށް. މިވަގުތު އަޅުގަނޑު މި ރަށަށް އަންނަން އެންމެ ބޮޑަށް މަޖުބޫރު ކުރުވި އަޅުގަނޑުގެ މަންމައަށް ހިތުގެ ފުންމިދުން ވަރަށް ޝުކުރު ދަންނަވަން. [މަންމައަކީ] ސައްލެގެ ވަރަށް ބޮޑު ފޭނެއް،" އައިޝާ ވިދާޅުވިއެވެ.

ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އެ ރަށުގެ ބަނދަރުމަތީގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓް، ހޯރަފުށްޓަށް ބަދަލު ކުރަން ނިންމީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 މާރޗް 2019 | ހޯމަ 15:37
ސައްލެ
ޢާއިޝާގެ މަންމައާއި ބައްދަލު ކޮށްލަން ބޭނުން. ޓިޕްސް ކޮޅެއް ހޯދާލަން.