Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 12:17
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ރާއްޖެއެމްވީ
އެޑިޔުކޭޝަން މިނިސްޓްރީ
ރާއްޖެ ދަތުރުކުރަމުންދަނީ ރައްޔިތުންގެ އަޑު އަހައިގެން ގައުމު ބިނާ ކުރުމުގެ މިސްރާބަށް: ހަޔާ އެޑިއުކޭޝަން މިނިސްޓަރު
ދެމެހެއްޓެނިވި ތަރައްގީގަ އެންމެ މުހިންމީ ޒުވާނުން
އެންމެނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭނެ

ރާއްޖެ މިއަދު ދަތުރުކުރަމުންދަނީ ރައްޔިތުންގެ އަޑު އަހައިގެން ގައުމު ބިނާ ކުރުމުގެ މިސްރާބަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމަށް ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ މުޖުތަމައު ދަތުރުކުރަމުން މިދަނީ އަޅުގަނޑުމެން އެދޭފަދަ ވެއްޓަކާ ދިމާލަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގައުމު ބިނާ ކުރުމަށް މަސައްކަތް ކުރަމުންދަނީ އެންމެންގެ އަޑު އަހައި، ޒިންމާދާރުކުރުވުމުގެ އިތުރުން، އެންމެނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީގެން ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އެގޮތަށް މަސައްކަތްތައް ބައްޓަން ވެގެންދާ ދިއުން، ހަމައެކަނި ވަކި ދާއިރާއަކަށް ފޯކަސް ވެގެން ދިއުމުގެ ބަދަލުގަ ހުރިހާ ދައިރާއަކަށް ވެސް ފޯކަސް ވެގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ މުހިންމު އެއް ހިއްސާއެއް އަދާ ކުރާ ބަޔަކީ ޒުވާނުން ކަމަށާއި، އެމީހުންގެ ކާމިޔާބާއި ނާކާމިޔާބީ ވަނީ ގުޅިފައި ކަމަށެވެ.

ގައުމު ބިނާ ކުރުމުގައި އެންމެ މުހިންމު ރޯލް ކުޅޭ ބަޔަކީ ޒުވާނުން ކަމަށްވާއިރު، އެމީހަކަށް ލިބޭ ފައިސާ ރަނގަޅު ގޮތުގައި ހޭދަކޮށް ބަލަހައްޓަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  

މިނިސްޓަރު ވިދާޅުވީ ފައިސާ މެނޭޖްކުރުމާއި މިފަދަ މިކަންކަމަކީ ރާއްޖޭގެ ސްކޫލު މަންހަޖުގައި މާފުޅާ ދާއިރާއެއްގަ އިސްކަންދީފައިވާ ކަންކަން ނޫން ކަމަށެވެ. ނަމަވެސް މަދަރުސީ ދައުރުގައި ފައިސާގެ މުއާމަލާތްތައް ކުދިންނަށް ދަސްކޮށްދީ ހޭލުންތެރިކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް