އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަބްދުލް މުުޣުނީގެ ގެވެށި އަނިޔާގެ މައްސަލައެއް ހުށައެޅިފައި ނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
މުޣުނީ އަށް ތުހުމަތު ކުރެވިފައިވަނީ ގެވެށި އަނިޔާގެ ސީރިއަސް މައްސަލަތަކެއް ކަމަށް ބުނެ އެމްޑީޕީން އޭނާ އަށް ކުރި ތާއިދު ވަނީ އަނބުރާ ގެންގޮސްފައެވެ. ހަމަ އެއާއިއެކު ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭނުގައި ބައިވެރި ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ނިންމުމާއި ދެކޮޅަށް އޭނާގެ ދިފާއުގައި ތިނަދޫގެ އެމްޑީޕީގެ މެމްބަރުން ވަނީ އަޑުއުފުލާފައެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އަދި ރާއްޖޭގެ ތަހުޤީޤީ އެއްވެސް އިދާރާއަކަށް އަޅުގަނޑުގެ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމުގެޔަޤީން ކަން ތިނަދޫ އުތުރުދާއިރާގެ
— Mughni (@mughuni) March 24, 2019
ލޮބުވެތި ރައްޔިތުންނަށް އަރުވަން.
އަބްދުލް މުޢުނީ pic.twitter.com/dKHsbINgfH
އެކަމާއި ގުޅިގެން އެއްވެސް ކުށެއް ނެތް ކަމަށް ސާބިތުކޮށް ދިނުމަށް އެދި މުޣުނީ ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަބުރު ކަތިލުމުގެ ގޮތުން އޭނާގެ ކުރީގެ އަންހެނުން މަސައްކަތް ކުރަމުންދާ ކަމަށް މުޣުނީ ވަނީ ތުހުމަތު ކޮށްފައެވެ.
މުޣުނީ ހުށަހެޅި ސިޓީގެ ޖަވާބުގައި މި މަހު 22 ވަަނަ ދުވަހު ފުލުހުން މުޣުނީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަައެއް އެއްވެސް އިރެއްގައި އެ އިދާރާ އަށް ލިބިފައި ނުވާ ކަމަށާއި، އަދި ފުލުހުންގެ ރިކޯޑުންވެސް އެކަން ނުދައްކާ ކަމަށެވެ.