ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފިއެވެ.
އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފައިވަނީ ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑަ އަޅާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އިގެ ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުން އޮންނާނީ އިންތިޚާބާއި ބެހޭ މަރުކަޒުގެ ޓްރެނިން ހޯލްގައި ކަމަށެވެ.
ސޮއި ކުރުން ކުރިއަށްދާ ގަޑިތައް:
މާޗް 24: 8:30 އިން 22:30 އަށް,
މާޗް 25: 8:30 އިން 22:30 އަށް,
މާޗް 26: 8:30 އިން 15:00 އަށް.
ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށާފައިވަނީ އެލިސްޓު އާންމުކުރުމަށްފަހު ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހު އެވެ.
މިފަހަރުގެ އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން މަޖިލީހަށް އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރާއިރު 507 ވޯޓު ފޮށި ބަހައްޓާނެއެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.