އުތުރު މޮލުކާ ކަނޑާއި ޑިއެގޯ ގާސިއާއަށް އައިސްފައިވާ ބިންހެލުމުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އާދީއްތަ ދުވަހު ހެނދުނު 8:37 ހާއިރު ޑިއެގޯ ގާސިއާ ކައިރިއަށް އައި ބިންހެލުން ރާއްޖެއާއި 971.1 ކިލޯ މީޓަރ ދުރު ކަމަށެވެ.
— Maldives Meteorology (@MetMaldives) March 24, 2019
އަދި އުތުރު މޮލުކާ ކަނޑަށް ހެނދުނު 9:37 ގައި އައިސްފައިވާ ބިންހެލުން ރާއްޖެއާއި 5881ކިލޯ މީޓަރ ދުރު ކަމަށެވެ. އެހެންކަމުން އެ ދެ ބިންހެލުމުގެ އަސަރު ވެސް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވަނީ ބުނެފައެވެ.
ޑިއެގޯ ގާސިއާއަށް އައިސްފައި ވަނީ 5.2 މެގްނެޓިއުޑްގެ ބިންހެލުމެކެވެ. އަދި އުތުރު މޭލުކާ ކަނޑަަށް އައިސްފައިވަނީ 6.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެ ހެނދުނު 6:31 ގާއިރު އިންޑޮނޭޝިއާއަށް ވެސް ވަނީ 5.4 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ.