މާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި 19 އަހަރުގެ ޒުވާން ފިރެހެނެއްގެ ކޮނޑުހުޅާއި ކޮލުގެ ކަށިގަނޑެއް ބިނދިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:20 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ އަމީނީމަގާއި ސިއްތިމާވާ ހިނގުން ގުޅޭ ކަންމަތީގައެވެ.
"އެކްސިޑެންްޓްވި އަނެއް ސައިކަލްވަނީ ފިލާފައި" މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަނިޔާވެގެން އެޑްމިޓްކޮށްފައިވާ ޒުވާނާގެ މޫނުމަތިވެސް ވަނީ މަށައިގެން ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓް މަދުކުރުމަށް ވެހިކަލް ޗެކް ޕޮއިންޓްތައް އިތުރުކުރުމާއި އެހެނިހެން ފިޔަވަޅުތައް ފުލުހުން ދަނީ އަޅަމުންނެވެ.
މާޗް މަހުގެ ފުރަތަމަ ހަފްތާގެ ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު 823 އެއްގަމު އުޅަނދެއް ޗެކްކޮށްފައިވެއެވެ.
މާޗް މަހުގެ 2ން 8 އަށް 52 އެކްސިޑެންޓް ހިނގާފައިވެއެވެ.