އާދިއްތަ ދުވަހު ހެނދުނު 5:51 ހާއިރު ފުވައްމުލަކުގައި ޒުވާނަކަށް ވަޅިން ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމް ކޮށްލާފައިވަނީ ފުވައްމުލަކު ޓައިގަރ ޝާރކް ރެސިޑެންސް ގެސްޓް ހައުސްގައި މަސައްކަތް ކުރާ 17 އަހަރުގެ ކުޑަކުއްޖެކެވެ.
ހަމަލާ ދީފައިވަނީ ކުއްޖާގެ ބޮލަށް ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެއެވެ. އަދި ބީ ޕޮސިޓިވް ލޭ ބޭނުންވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
މަންޒަރުދުއް ފަރާތަކާއި ހަވާލާދީ މައުލޫމާތު ލިބޭ ގޮތުގައި ހަމަލާ ދީފައިވަނީ 17 އަހަރުގެ ކުއްޖާ ޑިއުޓީއަށް ގެސްޓްހައުސްއަށް ދިޔައިރު، ގެސްޓްހައުސް ކައިރީގައި ފިލައި ތިބި ބައެކެވެ.
މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އާއިލާއިން ބުނެއެވެ.