Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 08:28
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
އެޖެންޑާ 19
އެޖެންޑާ 19 އަކީ ސަލާމަތުގެ އަށްސޭރިއަށް ގެންގޮސްދޭނެ އޮޑި: ނަޝީދު
އެޖެންޑާ 19 އަކީ ތަރައްގީގެ ތަސައްވުރެއް
ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ނުވާނެ ކަމެއްކަމަށް ވާދަވެރިން ބުނަމުން ދިޔަ

އެޖެންޑާ 19 އަކީ ތަރައްގީގެ ތަސައްވުރެއް ކަމަށާއި އެއީ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ އޮޑި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފަންނު މަދަރުސާގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ބޮޑު ތިލަދުން މައްޗަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ވެރިކަން ދެމި އޮންނަނީވެސް ރައްޔިތުނަށް ޓަކައި ކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން އެކުލަވާލާފައިވާ އެޖެންޑާ 19 މެނިފެސްޓޯއަކީ ތަރައްގީގެ ތަސައްވުރެއް ކަމަށާއި އެއީ ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސްދޭނެ އޮޑިކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެ އޮޑިއަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ކަމަށް އެ މަނިކުފާނުން ވިދާޅުވިއެވެ.

"ގައުމެއްގެ ހަޔާތެއްގައި އަންނާނެ ދަންޑިވަޅުތަކެއް، ހިނދުކޮޅުތަކެއް. އެއީ ޤައުމު އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކޮށްދޭ ވަގުތުތައް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ބޮޑު ތިލަދުންމަތި މިއަދު މިދެކެނީ އެފަދަ އެނބުރުމެއް. އެފަދަ ބަދަލުވުމެއް. އަޅުގަނޑުމެން މި ތިބީ އެފަދަ ބަދަލުވުމެއްގެ ތެރޭގައި. މިތިބެވެނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. މިއަދު ތިލަދުންމަތީގެ ރައްޔިތުންނަށް ހަރާބުގެ މަގުވެސް އިޚްތިޔާރު ކުރެވިދާނެ. އަދި ސަލާމަތުގެ އައްސޭރިވެސް އިޚްތިޔާރު ކުރެވިދާނެ. އެޖެންޑާ 19 އަކީ ތަރަށްގީގެ ތަސައްވުރެއް އެއީ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ އޮޑި. އެއޮޑިއެއް ނުފެތޭނެ ހުރިހާ ކަނޑަކަށް އެ އޮޑި ހެޔޮވަރުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ކެމްޕެއިން ކުރަނީ ކިހިނެއްކަމާއި ވައުދުވަނީ ކިހިނެއްކަމާއި އަދި އެ ވަޢުދު ފުއްދަނީވެސް ކިހިނެއްކަން އެމްޑީޕީގެ ވާދަވެރިންނަށް ނޭނގޭ ކަމަށެވެ.

މީގެ އިތުރުންވެސް ސިޔާސީ ޕާޓީއެއް އުފައްދާނެ ގޮތް ނޭނގޭއިރު އެއީ ނުވާނެ ކަމެއް ކަމަށް އެ ދުވަސްވަރު ވާދަވެރިން ބުނަމުން ދިޔަ ކަމަށާއި ސިޔާސީ ޕާޓީއަށް ވުރެން ގޯސް އެއްޗެއް ދުނިޔޭގައި ވެސް ނެތް ކަމަށް އެދުވަސްވަރު ބުނަމުން ދިޔަ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަމަވެސް އެ ދުވަސްވަރު އެހެން ކީ މީހުން ތަފާތު ނަން ނަމުގައި ޕާޓީތައް އުފައްދާ ވެރިކަން ކޮށްފައި ފައިބައިގެން ދިޔައިރު ރައްޔިތުންނަށް އެކަމުން ލިބުނު ލުއި ފަސޭހަ ކަމެއް އަދި ވީ ފައިދާއެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ބޯލް ޕޮއިންޓް ގަލަމު ދޯރިއަކާއި އެކު މަޖިލީހަށް ވަތް މީހާވެސް 5 އަހަރުގެ ދައުރެއް ނިންމާލި އިރު ހުރީ ދުނިޔޭގައި ނެތް ވަރުގެ މުއްސަންޖަކަށް ވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް