Advertisement
ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 23:09
މަގުމަތީގައި ހުރި ގަސްތަކެއް ކަނޑަނީ
މަގުމަތީގައި ހުރި ގަސްތަކެއް ކަނޑަނީ
މުހައްމަދު ޝަރުހާން
ރުއްގަސް ނެގުން
ބޮޑެތި މަޝްރޫއުތަކަށް ރުއްގަސް ނަގަން ހުއްދަ ދެން: އީޕީއޭ
ރުއްގަސް އެހެން ރަށްރަށަށް ގެންދަން ހުއްދަ ދެނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް
ހުއްދަތައް ނުނަގައި މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން

ބައެއް މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައިގެން ނޫނީ ނުހިންގޭނެ މަޝްރޫއުތައް ކަމުން އެފަދަ މަޝްރޫއުތަކަށް ނަގާ ރުއްގަސް އެހެން ރަށް ރަށަށް ގެންދިއުމުގެ ހުއްދަ ދެމުން އަންނަ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހޮނިހިރު ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފި އެވެ.

ގަވައިދާ އެއްގޮތަށް ރުއްގަސް އެހެން ރަށްރަށަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށާއި އެގޮތުން ލ. މާމެންދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއަކަށް އެ ރަށުން ރުއް ގަސް ނަގަން 2018 ވަނަ އަހަރު ހުއްދަ ދީފައިވާ ކަމަށް އީޕީއޭގެ  ބަޔާނުގައި ބުނެފައި ވެއެވެ.

ރުއްގަސް އެހެން ރަށްރަށަށް ގެންދަން ހުއްދަ ދެނީ ސިނާއީ ގޮތުން ދަނޑުވެރިކަން ކުރުމާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައި ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތް ކަމުން އެހާލަތުގައި  ރުއްގަސް ނަގައިގެން ގެންގޮސް އެހެން ރަށެއްގައި އިންދުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ގޮތެއް ކަމަށް ވެސް އެ އެޖެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް ނަގަން ޖެހޭ ހުއްދަތައް ނުނަގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާ މެދު އެޖެންސީ އިން ތަފާތު ކުރުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބަޔާނުގައި  ބުނެފައިވާއިރު ސިނާސީ ބޮޑެތި މަސައްކަތްތައް ކުރުމަށް ނަގާ ރުއްގަހުގެ އިތުރުން ހިއްކައިގެން އަލަށް ހަދާ ރިސޯޓްތައް ފެހި ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ނެގުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަންވެގެން އެކި ސަބަބުތައް ދައްކައިގެން ކަމަށް ވާއިރު 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމަ އެވެ.

އެގޮތުން ކުޑަކުދިންގެ ޕާކެއް، ކުނި ކޮއްޓެއް ނުވަތަ މަގުތައް ހެދުން ފަދަ ކަންކަމަށެވެ.

ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ރުއް އެއް ރަށަކުން ނެގުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކާ މެދު އުފެދޭ ކަންބޮޑުވުން ވެސް ބޮޑުކަން ފާހަގަ ކޮށްލެވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 މާރޗް 2019 | އާދީއްތަ 10:06
ihaaru.
ނަގާހޫރާލާކައްނޫން އެހެންތަނަކަށް ބަދަލުކުރަން ނިންމީ