Advertisement
ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 20:18
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
އެކުވެނި ޓެނިސް ކޯޓު ކައިރީގައި ހުރި ޓާފްތަކެއްގައި ރޯވެއްޖެ
މުދާތަކުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައި
އަލިފާން ރޯވީ 7 ޖަހަން އުޅެނިކޮށް

މާލެ އެކުވެނި ޓެނިސް ކޯޓު ފުރަގަހުގައި ހުރި ޓާފްތަކެއްގައި އަލިފާން ރޯވެ، އަނދައިފިއެވެ.

ޓެނިސް ކޯޓުގެ ފުރަގަހުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ޓާފުތަކެއްގައި ހޮނިހިރު ދުވަހުގެ ރޭ ރޯވުމުން، ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން ކޮންޓްރޯލްކޮށްފައެވެ.

ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވުނު އިރު، އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ޓާފުތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ރަބަރުން ހަދާފައިވާ އެތަކެތީގައި އަލިފާން ރޯވުމުން، އަލިފާން ކޮންޓްރޯލު ކުރަން ދަތިތަކެއް ކުރިމަތިވިއެވެ. ސިފައިންނާއި ފުލުހުންގެ މަސައްކަތުން އަލިފާން ނިއްވާލެވުނީ ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ.

އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ ހޮނިހިރު ދުވަހުގެ ރޭ 7:15 އެހާކަންހާއިރުއެވެ.

ސިފައިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

އަޑުފެތުރިފައިވާ ގޮތުގައި އެތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީއެވެ. ނަމަވެސް އެކަމާ ގުޅިގެން ސިފައިން ރަސްމީ ކޮމެންޓެއް ނުކުރެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް