Advertisement
ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 15:27
ރައީސް ކޮަމަންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ
ރައީސް ކޮަމަންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ
އެމްޑީޕީ
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް
ރައީސްއަށް ކޮމަންޑޫއިން ހޫނު މަރުހަބާއެއް
ރަށުގެ ކައުންސިލަރުން އަދި އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި

އެމްޑީޕީގެ އެޖެންޑާ19ގެ ށ.އަތޮޅުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ.ކޮމަންޑޫއަށް ވަޑައިގަތުމުން އެ ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ސޯލިހު ކޮމަންޑޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ހުސައިން ވަހީދުގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް މުފީދު އަދި ކައުންސިލް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ އިދާރާތަކުގެ އިސްވެރިން ވެސް ރައީސްއަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ސޯލިހު ކޮމަންޑޫ ބަނދަރު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދަށް އެއްވެ ތިބި ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް ފަހު ވަޑައިގެންނެވީ ށ.އަތޮޅު މަދަރުސާގައި އޮތް ހުސައިން ވަހީދުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ސްކޫލަށެވެ. އެ ސަރަހައްދަށް ރައީސް ވަޑައިގެންނެވި ވަގުތު ރައީސްއަށް ވަނީ ސަގާފީ ވެދުމެއް އަރުވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ށ.އަތޮޅު ކެމްޕެއިން ދަތުރުފުޅު ތެރެއިން

ރައީސް ސޯލިހު ކޮމަންޑޫއަށް ވަޑައިގަތުމަށް ފަހު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ފުނަދޫއަށެވެ. ފުނަދޫއަށް ފަހު ރައީސް ހޮނިހިރު ދުވަހު ފޯކައިދޫއަށް ވަޑައިގަންނަވަން ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސްގެ ށ.އަތޮޅު ދަތުރު ނިންމަވާލައްވަން ހަމަޖެހިފައިވަނީ މި އަތޮޅު ފޭދޫ އަށާއި މިލަންދޫއަށް ވަޑައިގަތުމަށް ފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް