Advertisement
ކ. މާލެ
|
22 މާރޗް 2019 | ހުކުރު 22:14
އަންދީލި ސައިކަލު
އަންދީލި ސައިކަލު
ޕޮލިސް
ހޯރަފުށި
ހޯރަފުށީގައި ސައިކަލެއް ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 28 އަހަރުގެ މީހެއް
ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ

ހއ.ހޯރަފުށީގައި ސައިކަލެއް ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 22 ވަނަ ދުވަހު 15:37 ހާއިރު ހޯރަފުށީ ނީސްގެ ކައިރީގައި ބަހައްޓާފަ ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލާގެ ތުހުމަތުގައި 28 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.  

މިހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް