Advertisement
ކ. މާލެ
|
22 މާރޗް 2019 | ހުކުރު 13:12
މަހިބަދޫގައި ބޭއްވި ފަޔަރ ފައިޓިން ޕްރޮގްރާމްގެ ތެރެއިން
މަހިބަދޫގައި ބޭއްވި ފަޔަރ ފައިޓިން ޕްރޮގްރާމްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
މަހިބަދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހު ކޮށްފި
ޖުމްލަ 21 ފަރާތަކުން ވަނީ ބައިވެރިވެފައި

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އދ.މަހިބަދޫ ކައުންސިލް އިދާރާއާއި ގުޅިގެން މަހިބަދޫގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އދ.މަހިބަދޫގައި ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަހީމް އަބްދުލްލަތީފްއެވެ.

އެމްއެންޑީއެފް އިން ބުނީ، މަހިބަދޫގައި ހިންގުނު  ޕްރޮގްރާމަކީ ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.

މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި ބޭނުންކުރާނޭ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. 

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

މާޗުމަހުގެ 16 ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް ހިނގި މި ޕްރޮގްރާމްގައި ޖުމްލަ 21 ފަރާތަކުން ބައިވެރިވެ މި ތަމްރީނު ފުރިހަމަ ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތް ދައްކާލަނީ. ފޮޓޯ/ އެމްއެންޑީއެފް

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަޙީމް އަބްދުލްލަޠީފާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުލް ރައޫފާއި، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހީމްގެ އިތުރުން އދ. މަހިބަދޫ ކައުންސިލްގެ މެމްބަރުންނާއި ޕޮރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް