Advertisement
ކ. މާލެ
|
22 މާރޗް 2019 | ހުކުރު 13:09
ސިންގަޕޯރގެ ކުންފުންޏާއި އެކު އެެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގެ ތެރެއިން
ސިންގަޕޯރގެ ކުންފުންޏާއި އެކު އެެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކު ތެރޭގައި ހިމެނޭ ވައުދެއް

ދިވެހިރާއްޖޭގެ ނެޝަނަލް ހެލްތު ލެބޯޓަރީއިން ހަދަން ބޭނުންވާ ޓެސްޓުތައް ހެދުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން ސިންގަޕޯރގެ ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ހެލްތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސިންގަޕޯރ ގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ސިންގަޕޯރ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. އަބްދުﷲ މައުސޫމްއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުމަށް މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވެފައިވާ ވައުދު ހާސިލް ކުރުމަށް ސޮއިކުރެވިފައިވާ އެއްބަސްވުމެކެވެ.

 

މި އެއްބަސްވުމުގެ ދަށުން ބޭހުގެ އިތުރުން ކާބޯތަކެތީގައި ޕެސްޓިސައިޑް ހުންނަ މިންވަރު ބެލުމަށް ޓެސްޓު ހެދުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ހެލްތުން މައުލޫމާތުދޭއެވެ.

ސިންގަޕޯރގެ ޓީޔޫވީ އެސްޔޫޑީ ޕީއެސްބީ ކުންފުންޏަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ 1000 އަށް ވުރެ ގިނަ ތަނުގައި ލެބޯޓަރީގެ ޚިދުމަތްދޭ ތަޖްރިބާކާރު ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ނެޝަނަލް ހެލްތު ލެބޯޓަރީއިން ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެ ނެޝަނަލް ހެލްތު ލެބޯޓަރީއިން ހެދެން ނުހުންނަ ޓެސްޓްތައް ހެދުމަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް