Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 22:00
ޒިޔާދާގެ ފިރިމީހާ އިބްރާހިމް ޝާހު
ޒިޔާދާގެ ފިރިމީހާ އިބްރާހިމް ޝާހު
ޓްވިޓަރ
ކްރިމިނަލް ކޯޓު
ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކުރި އެއްވެސް ދައުވާއެއް ސާބިތެއް ނުވި!
ޝާހުގެ މައްޗަށް 4 ދައުވާއެއް އުފުލި
ޒިޔާދާ މަރުވީ 2015 އަހަރުގެ ޑިސެންބަރު މަހު

ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުރި ހަތަރު ދައުވާ ވެސް ސާބިތު ނުވާކަމަށް ހުކުމް ކޮށްފި އެވެ.

ދައުލަތުން ޝާހުގެ މައްޗަށް އުފުލީ ހަތަރު ދައުވާއެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

ޒިޔާދާ މަރުވި މައްސަލާގައި ޝާހުގެ މައްޗަށް ޝަރީއަތް ފެށީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މައްސަލަ ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ސިއްރު އަޑު އެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ނިންމަވާފައިވަނީ އެ ހަތަރު ދައުވާ ވެސް ޝާހުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ.

ޒިޔާދާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މަރުވީ 2015 އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭނގެ ވަގުތެއްގައެވެ. މި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނީ ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި ކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ޖިސްމާނީ މައްސަލަތައް ވެސް ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އެގޮތުން ދެ އަތުގެ ވަކި ހިސާބެއްގައި ލޭ ގަނޑުވެފައުވުމާއި ބޮލުގެ ހިސާބެއްގައި ލޭގަނޑުވެފައި ހުރިކަން އޮޓޯޕްސީން އެނގިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް