Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 12:55
އެޗްއާރްސީއެމްގެ މުވައްޒަފުން
އެޗްއާރްސީއެމްގެ މުވައްޒަފުން
އެޗްއާރްސީއެމް
އެޗްއާރްސީއެމް
އެޗްއާރްސީއެމް އިން އަމިއްލަ ކެންޑިޑޭޓުންނާއި ބައްދަލު ކުރަނީ
ނަން ނޯޓު ކުރުން އޮންނާނީ މާޗް 20 އިން 21 ހަމަޔަށް

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއިއެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ހިއުމަން ރައިޓަސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ. 

ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުންނާއި އަދި ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭތޯ ބެލުމަށާއި އިންސާފުވެރި އިންތިހާބެއްތޯ ކަށަވަރު ކުރުމަށް މަޖިލީސް އިންތިހާބުގެ އޮބްޒާރވް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން އިންތިހާބާ ގުޅުން ހުރި ފަރާތްތަކާއިއެކު ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުނަނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. ނަން ނޯޓު ކުރުން އޮންނާނީ މާޗް 20 އިން 21 ހަމަޔަށް ރަސްމީ ގަޑީގައެވެ. އެޗްއާރްސީއެމް އިން ބުނީ، ބައްދަލުވުން ބާއްވާނެ ތަނާއި ތާރިހު އަދި ވަގުތު ކެންޑިޑޭޓުންނަށް އަންގާނެ ކަމަށެވެ. 

ދިވެހިރާއްޖޭ ގައި އިންސާނީ ހައްގުތައް ހިމާޔަތް ކޮށް ކުރިއެރުވުމުގެ ގޮތުން 2003 ވަނަ އަހަރު އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް