Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 10:59
ތައިލެންޑުގެ ޑެލިގޭޝަން ޓީމާއި ޝާހިދު ބައްދަލު ކުރައްވަނީ
ތައިލެންޑުގެ ޑެލިގޭޝަން ޓީމާއި ޝާހިދު ބައްދަލު ކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ދިވެހިންނަށް ތައިލެންޑް ވިސާގެ ލުއިތަކެއް ހޯދަން މަޝްވަރާކޮށްފި
ވިސާ ނެތި ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ތައިލެންޑަށްދާ ދިވެހިންނަށް ވިސާގެ ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތައިލެންޑާއި ރާއްޖެއާއި ދެމެދު ވިސާނެތި ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމް ކުރުމާއި ގުޅޭގޮތުން ތައިލެންޑުގެ ޑެލިގޭޝަންގެ އިސްފަރާތްތަކާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ތައިލެންޑަކީ ރާއްޖޭގެ ވިޔަފާރީގެ މުހިއްމު އެއް ގައުމު ކަމަށާއި ރާއްޖޭގައި ވެސް ތައިލެންޑުގެ ބޮޑެތި އިންވެސްޓްމަންޓުތައް އެބަހުރި ކަމަށެވެ. 

ޝާހިދު ތައިލެންޑުގެ ޑެލިގޭޝަންއާއި ބައްދަލު ކުރައްވާފައިވަނީ އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ތެރެއިންނެވެ. 

ދިވެހިންނަށް ތައިލެންޑް ވިސާގެ ލުއިތަކެއް ހޯދަން މަޝްވަރާ ކުރައްވާފައިވާއިރު ދާދިފަހުން ވަނީ އަވަށްޓެރި އިންޑިއާ އާއެކު ވެސް ވަނީ ވިސާގެ ލުއިތަކެއް ހޯއްދަވައިދެއްވައިފައެވެ. އެގޮތުން ވިޔަފާރީގެ ބޭނުމަށް އިންޑިއާއަށް ދާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަސް އެ ގައުމުގައި ތިބެވޭއިރު ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއަށް ދާ މީހުންނަށް ވެސް ވިސާއާ ނުލައި 90 ދުވަހު އެ ގައުމުގައި ތިބެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް