މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެ، ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ސައިކަލުތަކުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ ބުދަ ދުވަހުގެ ރޭ މެންދަމު 03:46 ހާއިރު ކަމަށެވެ. އަދި ރިޕޯޓު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވަނީ 03:55 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާއިރު ދެ ސައިކަލަކަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި މ.ސަބުދެލި ގޭގެ ގަރާޖުތެރޭގައި ހުރި ހޮޅިތަކެއްގައި ވެސް އަލިފާން ރޯވެ ހޮޅިތަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.