Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 04:18
މާލޭގެ މޭޔަރު ޝިފާ މުހައްމަދު
މާލޭގެ މޭޔަރު ޝިފާ މުހައްމަދު
މުރުޝިދް އަބްދުލް ހަކީީމް
ވެށިފަހި ޕްރޮގްރާމު
ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ގޮތަށް އެޕާޓްމެޓްތައް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ: މޭޔަރ ޝިފާ
ފްލެޓްތަކަށް ޑިމާންޑް ބޮޑު
ހުރިހާ ފަންތީގެ މީހުންނަށް ވެސް ފްލެޓް ގަނެވޭ ގޮތަށް އުސޫލުތައް ކަނޑައަޅަންޖެހޭ

ކުއްލި ހާލަތްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ގޮތަށް އެޕާޓްމެޓްތައް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ވެށިފަހި މާލެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ ސަރުކާރުތަކުން އިމާރާތް ކުރާ ފްލެޓްތަކަށް ޑިމާޑް ބޮޑު ކަމަށާއި، މިޑިމާންޑާއެކު ފްލެޓްތައް ދޫކޮށްލާއިރު ވަރަށް މުހިންމު ކަންކަން ހަނދާނުން ކައްސާލައިގެންދާ ކަމަށެވެ.

ޝިފާ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގުން ނުވަތަ އެހެން ކުއްލި ހާލަތެއް އާއިލާއަކަށް ކުރިމަތިވެގެން ވެސް ދިރިއުޅެމުން ގެންދާ ތަން ކުއްލި ގޮތަކަށް ހުސްކުރަންޖެހިދާނެ ކަމަށެވެ. ނަމަވެސް މިފަދަ އާއިލާތައް ގެންގޮސް ވައްދާނެ ތަނެއްނެތް ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މިސިސްޓަމް ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އާއިލާއެއް ނިކަމެތިވެގެންދާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވައްދާނެ އެޕްޓްމެންޓްތަކެއް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަ ހުންނަން ޖެހޭ ކަމަށެވެ.

''އައިލާތައް ނިކަމެތިވީމަ ވައްދާނެ ތަންތަން ސިޓީ ކައުންސިލްގެ ދަށުގަ އޮންނަން ޖެހޭ. ކަމެއްދިމާ ވީމަ ގޮންގޮސް ވައްދާނެ ކޮންމެސް ގެދޮރުވެރިކަމެއް ލިބެން އެބަ ޖެހޭ. މީހަކަށް ތިން މަސް ދުވަހަށް ނަމަވެސް. އިހަކަށް ދުވަހު މިހަވާލުކުރެވި 160 އެއް އެޕާޓްމެންޓްގެ ތެރެއިން އެންމެ ކޮޓަރިއަށް މިވަނީ އަޅުގަނޑުމެންގެ އަތުގަ މިވަގުތު  ތަނެއް ރޯވިއަސް އާއިލާއެއް ގެންގޮސް ވައްދަން.'' ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ބޯހިޔާވަހިކަމަށް ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ހުރިހާ ފަންތީގެ މީހުންނަށް ވެސް ފްލެޓް ގަނެވޭ ގޮތަށް އުސޫލުތައް ކަނޑައަޅާ ބައްޓަން ކުރަންޖެހޭ ކަމަށެވެ. ޝިފާ ވިދާޅުވީ މިމަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށާއި، އެޖެންޑާ19 އިން މިކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް