ކ. މާލެ
|
20 މާރޗް 2019 | ބުދަ 23:03
ޑައުންސް ސިންޑްރޮމް ހުންނަ ކުއްޖެއް
ޑައުންސް ސިންޑްރޮމް ހުންނަ ކުއްޖެއް
މުހައްމަދު ޝަރުހާން
ޑައުންސް ސިންޑްރޮމް
ޑައުންސް ސިންޑްރޮމަކީ ވެސް ނުކުޅެދުންތެރިކަމެއް
ދުނިޔޭގެ އާބާދީގެ ކޮންމެ 800 ކުއްޖަކުން 1 ކުއްޖަކީ ޑައުންސް ސިންޑްރޮމް ކުއްޖެއް
ޑައުންސް ސިންޑްރޮމް އަކީ ސިކުޑީގެ ނުކުޅެދުންތެރި ކަމުގެ އެންމެ ޢާންމު ވައްތަރު

ނުކުޅެދުންތެރިކަން ވަރަށް ގިނަ ގޮތްގޮތަށް ސިފަ ކުރެވެއެވެ. އާންމުގޮތެއްގައި ނުކުޅެދުންތެރިކަމޭ ބުނެވެނީ ހަށިގަނޑު، ސިކުނޑި ނުވަތަ އިހުސާސްތައް ހުންނަންޖެހޭ ގޮތް ނޫން ގޮތަށް ހުރުމެވެ. އުފެދުމުގައި ނުވަތަ އާންމު ދިރިއުޅުމުގައި ދިމާވާ ހާދިސާ އަކުންވެސް ބަދަލެއް އަތުވެދާނެއެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް އެމީހަކީ އުނިމީހަކަށް ވާނެއެވެ.

ޑައުންސް ސިންޑްރޮމް އަކީ ސިކުޑީގެ ނުކުޅެދުންތެރިކަމުގެ އެންމެ ޢާންމު ވައްތަރެވެ. ހޯދުންތަކުން ދައްކާ ގޮތުގައި، މިއީ ކުދިން އުފެދުމުގައި ކުރޮމޮޒޯމްއެއް އިތުރުވުމުން ދިމާވާ މައްސަލައެކެވެ. ނުވަތަ އެއްވައްތަރެއްގެ ދެ ކުރޮމޯޒޮމް އެކުއްޖެއްގެ އުފެދުމުގައި ހުރުމުގެ ސަބަބުން ހުންނަ ނުކުޅެދުން ތެރިކަމެކެވެ.

އިންސާނާގެ ހަށިގަނޑުގައި 46 ކުރޮމޮޒޯމް ވެއެވެ. ފިރިހެންމީހާގެ ދަރިފަނި އަދި އަންހެންމީހާގެ ދަރިމައިވުމުގެ ބިހުގައި ހުންނަ 23 ކުރޮމޮޒޯމެއް އެކުވެ 46 ކުރޮމޮޒޯމްއަށް އިތުރުވެއެވެ. މިގޮތުން އަންހެންމީހާއާއި ފިރިހެންމީހާގެ ސެލްތައް ގުޅި ބައިބައިވާ ވަގުތުގައި ކުރޮމޮޒޯމަށް ދިމާވާ މައްސަލައަކުން ހަށިގަނޑުގައި ހުންނަންވާ 46 ކުރޮމޮޒޯމްގެ ތެރެއަށް އެކަތި އިތުރުވެ 47 ކުރޮމޮޒޯމަށް ބަދަލުވެއެވެ. މިއިތުރުވާ ކުރޮމޮޒޯމަށް ކިޔަނީ ޓްރައިޒޮމީއެވެ.

ދިރާސާތަކުން ދައްކާގޮތުން އުމުރުން 35 އަހަރަށްވުރެ މަތިވުމުން ދުނިޔެއަށް އުފަންވާ ނިސްބަތުން ކޮންމެ 350 ކުދިންގެ ތެރެއިން 1 ކުއްޖަކަށް މިމައްސަލަ ދިމާވެއެވެ. 40 އަހަރުވުމުން މިއަދަދު ކޮންމެ 100 ކުއްޖަކުން 1 ކުއްޖަކަށް ދިމާވެއެވެ.

ޑައުންސް ސިންޑްރޮމް ކުއްޖަކު، އުފަންވުމުގެ ކުރިން  ބަޑުގައި އޮންނައިރުވެސް ޓެސްޓް ކުރުމުން އެނގޭއިރު އެފަދަ ކުއްޖަކު އުފަންވުމުން ވެސް އެނގޭނެ ކަމަށް ކަމާބެހޭ ސިއްހީ މާހިރުން ވިދާޅުވެއެވެ.

ޑައުންސް ސިންޑްރޮމް ކުދިން ޢާއްމު ގޮތެއްގައި ވަރަށް ގިނަ ގޮތްގޮތުން ތަފާތުވާއިރު އެފަދަ ކުދިންގެ ލޮލާއި، އަތުގެ އިގިލިތަކާއި، ބޮލާއި އަދި ގައިގެ މަސްލްތައް އާދަޔާޚިލާފަށް ތަފާތުވާނެއެވެ.

ދުނިޔޭގެ އާބާދީގެ ކޮންމެ 800 ކުއްޖަކުން 1 ކުއްޖަކީ ޑައުންސް ސިންޑްރޮމް ކުއްޖެކެވެ. ޑައުންސް ސިންޑްރަމް އަކީވެސް ނުކުޅެދުން ތެރިކަމެކެވެ.

މާރިޗު މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ޑައުންސިންޑްރޯމް ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް