ރ. ކިނޮޅަހު ކައުންސިލްގެ މެމްބަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އެ ރަށު ކައުންސިލްގެ މެމްބަރު އަބްދުލް މަޖީދު ހަސަނެވެ.
ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސޭން ވިދާޅުވީ، މަޖީދު ނިޔާވެފައި އޮއްވާ ފެނުނީ މިރޭގެ ވަގުތެއްގައި އޭނާގެ ކޮޓަރި ތެރެއިން ކަމަށެވެ. ކާންވެގެން ގޮވަން ވެގެން ދިޔައިރު އޭނާ އޮތީ ނިޔާވެފައި ކަމަށް ހުސޭން ވިދާޅުވިއެވެ.
'' އޮފީސް ރަސްމީ ކޯޑުގައި އޮންނެވީ. ޓައި އެކަނި ބާލުވާފައި'' ހުސޭން ވިދާޅުވިއެވެ
ހުސޭން ވިދާޅުވީ، މަޖީދަކީ ސިއްހަތު ރަނގަޅު އެއްވެސް ކަހަލަ ބައްޔެއް ޖެހިފައިވާ މީހެއް ނޫން ކަމަށާއި މިއަދުވެސް އޮފީހަށް ނިކުމެ އުޅުނު ކަމަށެވެ. އަދި ހަވީރު ގަޑީގަ ކުޅެން ގޮސް އުޅޭ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރިން ރިސޯޓްގައި ވަޒީފާ ވެސް އަދާކުރެއްވި މަޖީދު އަކީ ވަޒީފާ އަށް ވަރަށް ފަރުވާބަހައްޓާ މީހެއް ކަަމަށް ހުސޭން ވިދާޅުވިއެވެ. މަޖީދު ނިޔާވިއިރު އޭނާގެ ތިން ދަރިން ތިބެއެވެ.