Advertisement
ކ. މާލެ
|
20 މާރޗް 2019 | ބުދަ 22:38
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތު
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތު
މުހައްމަދު ޝަރުހާން
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ހަމަސްދުވަހުގެ ޗުއްޓީ ދިނުމަށް ނިންމައިފި
ވިހެއުމުން ދޭ ޗުއްޓީ އިއުލާން ކޮށްދެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު ރައީސް ސޯލިހް

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ހަމަސްދުވަހުގެ ޗުއްޓީ ދިނުމަށް ނިންމައިފިއެވެ.

ޝަރުއީ ދާއިރާގެ އަންހެން މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ ޗުއްޓީ ދިނުމަށް  ނިންމަވައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 144 ވަނަ މާއްދާއާއި 145 ވަނަ މާއްދާ އިސްލާހުކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމާފައި ވާކަމަށެވެ.

އަދި މިނިންމުން ނިންމަވާފައިވަނީ އަންހެން މުވައްޒަފުން ވިހެއުމާއި ގުޅިގެން ހަމަސްދުވަހުގެ ޗުއްޓީ އަދި ފިރިހެން މުވައްޒަފުންނަށް އަނބިމީހާގެ ވިހެއުމާއި ގުޅިގެން ޖުމްލަ 30 ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށެވެ.

ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް ހެދިކަން ރައީސް އިއުލާން ކޮށްދެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ރެހެންދި އެވޯޑްދިނުމަށް މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމުގައެވެ އެ މަސައްކަތް ފަށްޓަވަނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކުގައި ކަމަށާއި، އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ މި ނިންމެވުމާއި ގުޅިގެން ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުން ވެސް ވަނީ ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފަ އެވެ.

ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް