Advertisement
ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 04:29
މިސްކިތެއް ސާފު ކުރުމުގެ މަސައްކަތުގައި އުމުރުން ދުވަސްވީ މީހަކު: ތާރީހީ ތަންތަން ހިޔާމަތް ކުރަން ބާރު އަޅަން ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
މިސްކިތެއް ސާފު ކުރުމުގެ މަސައްކަތުގައި އުމުރުން ދުވަސްވީ މީހަކު: ތާރީހީ ތަންތަން ހިޔާމަތް ކުރަން ބާރު އަޅަން ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
އަޝްވާ ފަހީމް
ހެރިޓޭޖު މިނިސްޓްރީ
ސަގާފީ ތަރިކައިގެ ބިލު އާންމުންގެ ހިޔާލަށް ހުޅުވާލައިފި
އެ ބިލުގެ މަސައްކަތަކީ 100 ދުވަހުގެ ވައުދެއް

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލުގެ ދެލި ކޮޕީއެއް، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީން ތައްޔާރުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ސަގާފީ ތަންތަން ހިމާޔަތް ކުރުން ލާޒިމްވާ، ގޮތަށް ގާނޫނެއް ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކަ އާއި ދުވަސްވީ ބިނާތަކާއި އާސާރު އެކުލެވޭ ތަންތަނާއި ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެ ރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީ ގޮތުގައި ހަދައި ތަރިކައިގެ ލިސްޓެއް އެކުލަވާލުމަކީ ވެސް 100 ދުވަހުގެ ވައުދެކެވެ.

ހެރިޓޭޖު މިނިސްޓްރީން ވަނީ އެފަދަ ތަންތަން ހަރުދަނާ އުސޫލަކުން ބެލެހެއްޓުމަށްޓަކާ ސަގާފީ ތަރިކައިގެ ބިލުގެ ދެލި ކޮޕީ ތައްޔާރުކޮށް އާންމުންގެ ހިޔާލަށް ބުދަ ދުވަހު ހުޅުވާލާފައެވެ. އެގޮތުން 60 މާއްދާއެއްގެ މައްޗަށް އެކުލަވާލާފައިވާ އެ ދެލި ކޮޕީގައި ސަގާފީ ތަރިކަ ކަމަށް ބެލެވޭނެ ތަކެއްޗާއި ތަންތަނާއި ސަރަހައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލު ވަނީ ކަނޑައަޅާފައެވެ. ތާރީހީ ތަންތަނާ މެދު ގާނޫނާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ބެހޭ އުސޫލުތައް އެ ދެލިކޮޕީގައި ބަޔާން ކޮށްފައިވެއެވެ. އަދި އެފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކާ ހެރިޓޭޖް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގާނެ ގޮތް ލިޔެފައިވެއެވެ.

ހެރިޓޭޖު މިނިސްޓްރީން ތައްޔާރުކޮށްފައިވާ އެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމަށް އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އޮންލައިން ޕްލެޓްފޯމެއް ގާއިމުކޮށްފައެވެ. އެގޮތުން އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް، އެ ބިލު ކިޔާލައި، އަދި އޮންލައިންކޮށް ހިޔާލު ހުށަހެޅޭނެ ގޮތް ވަނީ ހަދާފައެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ބަންދު ވާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް