Advertisement
ކ. މާލެ
|
20 މާރޗް 2019 | ބުދަ 16:44
ރައުޝަން ޖިއާން
ރައުޝަން ޖިއާން
ރާއްޖެއެމްވީ
ރައުޝަން ޖިއާން
ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާކުރާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ
ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވި އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ. 

ޖިއާން އަކީ ބަންގްލަދޭޝަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މާލޭގައި އިމާރާތް ކުރަމުންދިޔަ އިމާރާތަކުން  ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާގައި  ލިބުނު އަނިޔާތަކާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިމައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ.  މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައިވަނީ، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ (ނ) ގެ ދަށުންނެވެ. 

އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުުތުމަނި ރަމަޗަންދުރަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި އިންޑިއާގެ ރައްޔިތުން ކަމަށްވާ ކެޝަރިރަލް ޗައުހަން އާއި ގުލަން މަހަންމަދުގެ މައްޗަށެވެ. އެ މީހުގެ މައްޗަށް ކުރަނީ، ނުރައްކަލެއްގައިވާ މީހާއަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދެން ދައުވާ ކުރަނީ ދެ ދިވެއްސެއްގެ މައްޗަށެވެ. އެއީ މާލޭ ދަފުތަރު 8424 މޫސާ ހަސަން އާއި، މަލޭ ދަފްތަރު 7198 އާދަމް ޝަފީގުގެ މައްޗަށެެވެ. މި ދެ މީހުންގެ މައްޗަށް އުފުލީ، މީހަކު މަރުވެ ދިިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މޫސާ ހަސަންއަކީ ޑަބްލިއު ކޮންސްޓަކްޝަން ކުންފުނީގެ ސީނިއަރ ސައިޓް ސުޕަވައިޒަރެކެވެ. އަދި އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް  ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް