Advertisement
ކ. މާލެ
|
20 މާރޗް 2019 | ބުދަ 14:16
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ ވެލާނާގެ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ ވެލާނާގެ
މުހައްމަދު ޝަރުހާން
ޕޭ ކޮމިޝަން
ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލު ދެނެގަނެވިއްޖެ: ޕޭ ކަމިޝަން
ބަދަލުތަކުގެ ނަތީޖާއަކަށްވާނީ ދައުލަތުގެ މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމަ ކުރެވިގެން ދިއުން

ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލު ދެނެގަނެވިއްޖެ ކަމަށް "ނޭޝަނަލް ޕޭ ކަމިޝަން" އިން ބުނެފިއެވެ.

އެ ކަމިޝަނުން އާންމު ކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ބަދަލުތަކާ އެއްގޮތަށް މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާ އެކު ތަންފީޒު ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި އެ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދައުލަތުގެ މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމަ ކުރެވިގެން ދިއުން ކަމަށް އެ ކަމިޝަނުން ބުނެއެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލްކުރުމަށްޓަކައި ނޭޝަނަލް ޕޭ ކޮމިޝަނުން ގިނަ މަސައްކަތްތަކަކާއި ދިރާސާތަކެއް ކޮށްފައިވާ ކަމަށް އެ ކަމިޝަނުން ބުނެއެވެ. 

އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ ޕްރޮފެޝަންތަކާއި ޖޮބް ގްރޫޕްތައް ހިމެނޭ ގޮތަށް "މޯލްޑިވްސް ޕަބްލިކް ސަރވިސް ސްޓޭންޑަޑް ކްލެސިފިކޭޝަން އޮފް އޮކިއުޕޭޝަން" މެނުއަލެއް އެކުލަވާލުމާއި، ދައުލަތުގެ ހުރިހާ އިދާރާތަކުގެ މުސާރަ އާއި އެލަވަންސްތަކާއި ރިޓަޔަރމަންޓް ޢިނާޔަތްތައް ހަމަޖެހިފައިވާ ގޮތްތަކާއި އެ ތަންތަނުގެ މެދުގައި ހުރި ތަފާތުތަކާއި ޢިނާޔަތްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ދިރާސާތައް ކުރުން ހިމެނެއެވެ. 

"ޤާނޫނުއަސާސީންނާއި ޤާނޫނުންނާއި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޝަންތަކާއި، ބޯޑުތަކާއި، ކޮމިޓީ އަދި ކައުންސިލް/މަޖިލިސްތަކުގެ ކްލެސިފިކޭޝަން ފްރޭމްވަރކް" އެކުލަވާލުމާއި، ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ލިބޭ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކުން ޚަރަދުކުރާ މަގާމުތަކާއި އެ މަގާމުތަކަށް ހޯދާ މުވައްޒަފުންނަށް ދޭނެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމާބެހޭ އުޞޫލެއް އެކުލަވާލުން ހިމެނޭ ކަމަށް އެކަމިޝަނުން ބުނެއެވެ.

ނޭޝަނަލް ޕޭ ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖެނުއަރީ 27 ވަނަ ދުވަހު އަލުން ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެއީ މަރްޔަމް ނިޔާފް މުޙައްމަދާއި ޢަފާފް އިބްރާހީމް ޢަލީދީދީ އާއި ޢަބްދުﷲ ޢަލީ އާއި ފާޠިމަތު ޝާނާ ފާރޫގެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް