ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތުގެ ފަނޑިޔާރުކަންކުރާނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީ އިން ހުޅުވާލައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ އެ ދަފްތަރަކީ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމަށްޓަކައި އެކުލަވާ ދަފްތަރެއްކަމަށެވެ. ދިވެހިބަހުގެ އެކެޑަމީން ބުނީ ގައުމީ ފެންވަރުގައި ވާހަކަދެއްކުމުގެ މުބާރާތްތަކާއި ބަހުސް މުބާރާތްތައް ފަނޑިޔާރުކަން ކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް މި ދަފްތަރަށް ނަން ހުށަހެޅިދާނެ ކަމަށެވެ.
ފަނޑިޔާރުން ހޮވުމުގައި ބަލާނީ :
- ތަޢުލީމީ ފެންވަރު
- ފަނޑިޔާރުކަން ކޮށްފައިވާ މުއްދަތު މުއްދަތު
- ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތު
- ދާއިރާއިން ހޯދައިފައިވާ ކާމިޔާބީ
ދިވެހިބަހުގެ އެކެޑަމީން ބުނީ ފޯމުހުށަހަޅާނީ [email protected] އަށް ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2019 މާރިޗު 26ވާ އަންގާރަ ދުވަހުގެ މެންދުރު 1:30އަށް ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.