Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 11:35
ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެ ގިނައީ އިހުމާލުގެ މައްސަލަތައް
ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެ ގިނައީ އިހުމާލުގެ މައްސަލަތައް
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލަ މިދިޔަ މަހު ޖެންޑަރ އަށް ހުށައަޅާފައިވޭ
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 25 މައްސަލަ ހުށައަޅާފައިވޭ
ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެ ގިނައީ އިހުމާލުގެ މައްސަލަތައް

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 105 މައްސަލަ ފެބްރުއަރީ މަހު ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އިން ބުނެފިއެވެ. 

އަންގާރަ ދުވަހު ޖެންޑަރ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ 105 މައްސަލަ ހުށައަޅާފައިވާއިރު، އެ އަދަދަކީ މިނިސްޓްރީއަށް ފެބްރުއަރީ މަހު ހުށައެޅި ޖުމުލަ މައްސަލަތަކުގެ 49 އިންސައްތަ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ވާއިރު، އެ ބާވަތުގެ 32 މައްސަލައެއް މިނިސްޓްރީއަށް ރިޕޯރޓްކޮށްފައި ވެއެވެ. 

ޖެންޑަރ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް

އޭގެ އިތުރުން، ޖިސްމާނީ އެކިއެކި އަނިޔާގެ 26 މައްސަލައެއް ހުށައަޅާފައިވާއިރު، ޖިންސީ ހާނިކައިގެ 22 މައްސަލައާ، އެެހެން ކުދިންގެ ފަރާތުން ގަނާ ކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އަށް މައްސަލައެއް ވަނީ ހުށައަޅާފައެވެ. 

ހައްޤުތަކުން ކުޑަކުދިން މަޙުރޫމު ކުރުމުގެ މައްސަލަތަކަށް ބަލާއިރު، ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށައެޅިފައެވެ. އޭގެ އިތުރުން، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކާއި، އަހުލާޤީ މައްސަލަތައް ވެސް މިނިސްޓްރީ އަށް ހުށައެޅިފައި ވެއެވެ. 

ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 25 މައްސަލައަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަމާއި އަޅާލުން ދިނުމާ ގުޅޭ 30 މައްސަލައެއް ވެސް ފެބްރުއަރީ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައި ވެއެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް