Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 10:39
18 ވަނަ ދައުރު އަންނަ މަހު ނިމުމަކަށް އަންނާނެ
18 ވަނަ ދައުރު އަންނަ މަހު ނިމުމަކަށް އަންނާނެ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
އެޖެންޑާ ކުރެވޭނެ މަސައްކަތެއް ނެތުމުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
ޖަލްސާތައް ދެން އޮންނާނީ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމުމުން
ސަރުކާރުގެ ހުށަހަޅާފައިވާ ގިނަ ބިލްތައް އަދިވެސް އޮތީ ކޮމިޓީތަކުގައި

އެޖެންޑާ ކުރެވޭނެ މަސައްކަތެއް ނެތުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އެޖެންޑާ ކުރެވޭނީ ކޮމިޓީގައި ހުރި މައްސަލަތައް ނިމުމުން ކަމަށެވެ.

އަންގާރަދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެ އިން ސޮއިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ. މި މައްސަލަ ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މުއްދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ބިލްތައް އަދިވެސް ވަނީ ކޮމިޓީތަކުގައެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކުގެ ބިލާއި، ގާނޫނީ ހިދުމަތުގެ ބިލް ވަނީ ކޮމިޓީއިން މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމުން، މައްސަލަތަކެއް ހުރި ކަމަށް ބުނެ އަނެއްކާ ވެސް ކޮމިޓީއަށް ފޮނުވާލާފައެވެ. 

މި އަހަރުގެ ފުރަތަމަ ދައުރު އަންނަ މަހު ނިމުމަކަށް އަންނައިރު، އެއާ އެކު 18 ވަަނަ މަޖިލިސް ވެސް ނިމޭނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ވެސް 9:00ގައި ފަށަން ތާވަލްކުރި ނަމަވެސް ކޯރަމް ހަމަނުވެގެން ފެށިފައި ވަނީ 9:30 ގައެވެ. ހޯމަ ދުވަހުގެ ޖަލްސާ ވެސް ފެށިފައި ވަނީ އެގަޑީގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް