Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 10:42
ރ. އަނގޮޅިތީމު ރައްޔިތުންނާއި ރައީސް ނަޝީދު ސަލާމް ކުރައްވަނީ
ރ. އަނގޮޅިތީމު ރައްޔިތުންނާއި ރައީސް ނަޝީދު ސަލާމް ކުރައްވަނީ
ރާއްޖެއެމްވީ
ރ. އަނގޮޅިތީމު
އަނގޮޅިތީމަކީ ވަރަށް ހިތާމަވެރި ދުވަސްވަރުގައި އުފާވެރިކަން ގެނެސްދިން ރަށެއް: ނަޝީދު
އެޖެންޑާ 19 އެކުލަވާލާފައި ވަނީ ވަރަށް ބޮޑު ހަޤީޤަތެއްގެ މައްޗަށް

ރ. އަނގޮޅިތީމަކީ ވަރަށް ހިތާމަވެރި ދުވަސްވަރުގައި އުފާވެރިކަން ގެނެސްދިން ރަށެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އަދި ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ ކެމްޕެއިންގައި ރ. އަނގޮޅިތީމުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ލިޔުންތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އެ ރަށަށް އަރުވާލެވުނު ކަމަށެވެ. އަދި އެ ހިތާމަވެރި ދުވަސްވަރު އުފާވެރިކަން ގެނެސްދިން ރަށަކީ މިއީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެޖެންޑާ 19 އެކުލަވާލާފައި ވަނީ ވަރަށް ބޮޑު ހަޤީޤަތެއްގެ މައްޗަށް ކަމަށާއި ރާއްޖޭގެ އާންމު ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އަނގޮޅިތީމަކީ ލޭ އަޅާ ކުދިން ގިނަ ރަށެއް ކަމަށާއި ކިޑްނީ މައްސަލަތައް ގިނަ ރަށެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަނގޮޅިތީމު އެންމެންނަށް ވަޒީފާދީ ކުޑަ އުޖޫރަ ކަނޑައެޅޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ކޮންމެން ދާއިރާއަކަށް ކުރިމަތިލެއްވިޔަސް ތާއީދު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އަންނަ ހަފްތާގައި އަނގޮޅިތީމަށް ގެނެވޭނެ ކަމަށާއި ފުޓްސަލް ދަނޑު އިންތިހާބުގެ ކުރިން އަޅައިދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މި މަހުގައި ފެށިގެންދާނެ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

  

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް