Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 09:39
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓުލަނީ. މަޖިލިސް އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓް ވަނީ އާންމުކޮށްފައި
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓުލަނީ. މަޖިލިސް އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓް ވަނީ އާންމުކޮށްފައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފި
ލިސްޓް އާންމު ކުރީ ބާއްވަން ކަނޑައަޅާފައިވާ ދުވަހާ ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކަމިޝަން(އީސީ) އިން އާންމު ކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓްގައި އައިޑީ ކާޑު ނަމްބަރާއި، ނަމާއި، އެޑްރެސް ހިމެނެއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް ދާއިރާތައް ވަކިން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ ޝާޢިއު ކޮށްފައެވެ.

އީސީން ބުނީ ފައިނަލް ލިސްޓް އާންމުކުރިއިރު ވޯޓާސް ލިސްޓާ ގުޅިގެން 1،256 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 264،589 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 262،135 މީހުންނަށެވެ. އެހެންކަމުން މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި މުޅިން އަލަށް 2،336 މީހުންނަށް  ވޯޓު ލުމުގެ ހައްގު ވަނީ ލިބިފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާއިރު 87 ދާއިރާއަކަށް މެމްބަރުން ހޮވާނެއެވެ. އަދި ރާއްޖެ އާއި ރިސޯޓްތަކާއި އަދި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ 4634 އޮފިޝަލުން އީސީއިން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް