Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 01:07
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނަވާ އިވާ އަބްދުﷲގެ ކެމްޕެއިން ހަފްލާގައި ރައީސް ސޯލިހު
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނަވާ އިވާ އަބްދުﷲގެ ކެމްޕެއިން ހަފްލާގައި ރައީސް ސޯލިހު
އެމްޑީޕީ
ބޯހިޔާވަހިކަން ފޯރުކޮށްދިނުން
މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ބޮޑު ހައުސިންގ ޕްރޮޖެކްޓެއް ފަށަނީ
މާލެ ތޮއްޖެހުން ހައްލު ކުރުމަށްވެސް މަސައްކަތް ކުރައްވާނެ
މާލޭގެ ގިނަ ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާާޅުވި

މާލެއަށް ޚާއްސަކޮށްގެން ހައުސިންގ ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާނެ ކަމަށާއި، މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، މާލޭގެ ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަށް ވެސް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" މާލެ ތޮއްޖެހި ހާސްކަމެއްގެ ތެރޭގައި އުޅޭ އުޅުން ނައްތާލާ، ހިތްފަސޭހަ ތަނަކަށް މާލެ ހަދާދިނުމުގެ ވައުދުވެސް އަޅުގަނޑުމެން ވިން، އެގޮތުން މިހާރުވެސް ބައެއް ކަންތައްތައް ވަނީ ކުރެވިފައި، ކުދި ކުދި ކަންތައްތައް އަދި އެއީ، ބަންދުކޮށްފައި ހުރި ބައެއް ބޮޑެތި މަގުތައް ހުޅުވާލެވިއްޖެ، ހަލާކުވެފައިހުރި މަގުތައް ރަނގަޅުކުރެވި އަދި ޕާކުކުރާނެ އިތުރު ތަންތަން ހެދިއްޖެ. މާލޭ ސިޓީ ކައުންސިލުގެ ދައުރު އެކަމުގައި ވަރަށް ބޮޑު" ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލޭގެ ގެދޮރުގެ ދަތި ކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މާލޭގެ ވަަރަށް ގިނަ ގޭގެއަށް ޒިޔާރަތް ކުރެވުނު ކަމަށާއި، އޭގެ ތެރެއިން ގިނަ ގޭގޭގައި އާއިލާތައް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. 

އޭގެ އިތުރުން، އެމްޑީޕީގެ އެޖެންޑާ 19ގައި ވަނީ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތަފްސީލު ކަމަށާއި، މަޖިލީހަށް ހޮވަންވާނީ، އެ ވައުދުތައް ފުއްދަން އެއްބާރުލުން ދެއްވާނެ މެމްބަރުން ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް