Advertisement
ކ. މާލެ
|
18 މާރޗް 2019 | ހޯމަ 14:57
ރައީސް ނަޝީދު އަންހެން ކަނބަލުންތަކަކާ އެކު
ރައީސް ނަޝީދު އަންހެން ކަނބަލުންތަކަކާ އެކު
ޝުއައިބް މުހައްމަދު އިގްބާލް
އެމްޑީޕީ މަޖިލިސް 19
ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕެއިންގައި ބައިވެރި ނުވާނަން: ނަޝީދު
ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފަވޭ

ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހޯމަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ފަރާތެއްގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށާއި، އެފަދަ ތުހުމަތެއް އެމްޑީޕީގެ ކެންޑިޑޭޓެއްގެ މައްޗަށް ކުރެވިއްޖެ ނަމަ އެ ބޭފުޅަކު އަމިއްލައަށް އެފަދަ ކަމެއް ނުކުރުމަށް އެއްބަސްވެ އެކަމަށް މާފަށް އެދުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. 

ނަޝީދު އެހެން ވިދާޅުވެފައި ވަނީ ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުުލް މުޢުނީގެ މައްޗަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި އެކަން އެ ޕާޓީން ބެލުމަށް ފަހު މުޣުނީއަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އެމްޑީޕީއަކީ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އަސާސްތަކާ ޚިލާފު ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ، މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށް އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވެސް ވަނީ ވިދާޅުވެފައެވެ. 

އެމްޑީޕީއަކީ އަބަދުވެސް އިންސާނީ ހައްޤުތަކާއި، އަދި ޚާއްސަކޮށް އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް، އަޑުއުފުލާ މަސައްކަތް ކުރަމުން ގޮސްފައިވާ ޕާޓީއެއް ކަމަށާއި، އެޕާޓީގެ އަސާސްތަކާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއްް ހިނގާފައިވާ ނަމަ ނުވަތަ ސީރިއަސް ތުހުމަތެއް ކުރެވުނު ނަމަވެސް އެޕާޓީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް