Advertisement
ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 16:49
އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖް
އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖް
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ
ސުޝްމާ ސްވަރާޖް
ދެދުވަހުގެ ދަތުރުފުޅުގައި ސުޝްމާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރު
ސުޝްމާގެ ދަތުރުފުޅުގައި ރައީސް ސޯލިހާއި ބައްދަލުކުރައްވާނެ

އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހު މެންދުރު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ސުޝްމާ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު އެނބުރި އިންޑިއާއަށް ވަޑައިގަންނަވާނީ ދެދުވަހަށް ފަހު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން ޚާރިޖީ ވަޒީރާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި ބައްދަލުކުރައްވައި، ތަފާތު އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. 

ސުޝްމާރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދު މިހާރު އެކުލަވާލެވިފައިވާ އަދި ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ސަރުކާރުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުންތައް ހިމެނެއެވެ.

އަދި ދެޤައުމުގެ މެދުގައި ތަރައްޤީގެ ރޮނގުގައި ގުޅިގެން މަސައްކަތް ކުރުމާއި، ސިއްޙީ ދާއިރާއާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ވެސް ދެ ސަރުކާރުގެ މެދުގައި މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް