ކ. މާލެ
|
15 މާރޗް 2019 | ހުކުރު 12:19
މަސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މަސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
މަސީގެ އަހަރީ އާންމު ޖަލްސާ
މަސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 19 ގައި!
ޖަލްސާގެ ތެރެއިން މަސީގެ 17 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިންތިހާބު ކުރަން ހަމަޖެހިފައިވޭ

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އަހަރީ އާންމު ޖަލްސާ މާރޗް މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

މަސީ އިން ނެރުނު ނޯޓިސްގައި ބުނެފައިވަނީ އަހަރީ އާންމު ޖަލްސާ އޮންނާނީ 19 ވަނަ ދުވަހުގެ ރޭ 08:15 ޖަހާއިރު ހޮޓެލް ޖެންގައި ކަމަށެވެ. ޖަލްސާގެ ތެރެއިން މަސީގެ 17 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު މާރޗް 19 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން ސިޓީއަކުން އެ ޖަމިއްޔާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން އަހަރީ އާންމު ޖަލްސާގެ ތެރެއިން ޔައުމިއްޔާ ފާސްކުރުމާއި، 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި، 2018 ވަނަ އަހަރުގެ ފައިސާގެ ހިސާބު އަދި 2019 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

މަސީ އިން ނެރުނު ނޯޓިސްގައި ޖަމިއްޔާގެ މެމްބަރުންނަށް އަހަރީ އާންމު ޖަލްސާއަށް ދައުވަތުދީފައިވާއިރު އެ ޖަލްސާގައި ބައިވެރިވެވޭނީ މެމްބަރު ކުންފުނިތަކުގެ ތެރެއިން އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މަސީ އިން ބުންޏެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ޕްރޮކްސީ ފޯމް ފުރުމަށް މަސީ އިން ވަނީ އެދިފައެވެ.

މަސީގެ 16 ވަނަ ދައުރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ 1.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

 

 

- ކޮމެންޓް