Advertisement
ކ. މާލެ
|
15 މާރޗް 2019 | ހުކުރު 14:57
އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން
އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން
މުހައްމަދު ޝަރުހާން
އެޖެންޑާ 19
ބަޖެޓް އެއާލަންތަކަށް ލޯކަލް އެއާޕޯޓުތަކުން ފުރުސަތުދީ، އަގު ތިރިކުރެވޭނެ: ޝަމްހީދު
ގެސްޓްހައުސް ކުރިއެރުވުމަށް ގެސްޓުން އަތުން ނަގާ އަގުތައް ތިރިކުރެވޭނެ

ބަޖެޓު އެއާލައިންތަކަށް ލޯކަލް އެއާޕޯޓުތަކުގައި ލޭންޑު ކުރުމުގެ ހުއްދަ ޤާނޫނަކުން ދިނުމުން އުދުހުންތަކުގެ އަގު ހެޔޮވެ، ފަތުރުވެރިކަމުގެ ސިނާޔަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެޖެންޑާ 19ގައި ހިމެނޭ ކަންތައްތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން، ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުމާލުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ލޯކަލް ޓޫރިޒަމަށް ވެސް މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އެތެރޭގެ ދަތުރުފަތުރުގެ އަގު ބޮޑުވުން ހިމެނިގެންދާކަމަށެވެ. އެކަމެށް ޤާނޫނީ ހައްލެއް ހޯދައިދިނުމަށް އެމްޑީޕީގެ ފަރާތުން ދެ ކަމެއް ހުށަހަޅާކަމަށާއި، އެގޮތުން ބަޖެޓު އެއާލައިންތަކަށް ލޯކަލް އެއާޕޯޓުތަކުގާ ލޭންޑު ކުރުމުގެ ހުއްދަ ޤާނޫނަކުން ދެވިގެންދާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެއާއެކު އެތެރޭގެ އުދުހުންތަކުގެ އަގުތައް ހޮޔެވާނެކަން ފާހަގަކޮށް ޝަމްހީދު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮކުރުމަށް އެމްޑީޕީން ހުށަހަޅާ ދެ ވަނަ ކަމަކީ ގެސްޓްހައުސް ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ގެސްޓުން އަތުން ނަގާ އަގުތައް ތިރިކުރުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަރިއަތޮޅުގައި މިހާރުވެސް ބޮޑު އެއާޕޯޓެއް އެބައޮތް. ހަމައެތަނަށްވެސް، މިހާރުވެސް ބަޖެޓް އެއާލައިންތަށް އޮޕަރޭޓްކުރެވިދާނެ. ހަމައެގޮތަށް ހަނިމާދޫގައިވެސް މިހާރު އިންޓަނޭޝަނަލް ފްލައިޓްތައް އެބަ އޮޕަރޭޓްކުރޭ. ހަނިމާދޫ އެއާޕޯޓަށްވެސް ސީދާ ފްލައިޓްތައް ރާއްޖެއިން ބޭރުން އަންނަން ފެށީމައި، އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމް ފުޅާވެގެންދާނެ" ޝަމްހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ އެޖެންޑާ 19 ގައިި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކުރާ މަސައްކަތްތައް ތަފްސީލްކޮށް ހިމަނާފައިވެއެވެ. އެގޮތުން ފެރީގެ ނިޒާމް ހަރުދަނާ ކުރުމާ ސީ ޕްލޭންތައް އޮޕަރޭޓްކުރަން ފެށުން ވެސް ހިމަނާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް