Advertisement
ކ. މާލެ
|
15 މާރޗް 2019 | ހުކުރު 04:57
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި  އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް
ފޮރިން މިނިސްޓްރީ
ސުޝްމާ ސްވަރާޖް
އިންޑިއާގެ ޚާރިޖީ ވަޒީރު އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
މިދަތުރުފުޅުގައި ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް، 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އާދީއްތަ ދުވަހު އެކަމަނާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެކަމަނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން ޚާރިޖީ ވަޒީރާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި ބައްދަލުކުރައްވައި، ތަފާތު އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދު މިހާރު އެކުލަވާލެވިފައިވާ އަދި ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ސަރުކާރުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުންތައް ހިމެނެއެވެ.

އަދި ދެޤައުމުގެ މެދުގައި ތަރައްޤީގެ ރޮނގުގައި ގުޅިގެން މަސައްކަތްކުރުމާއި، ސިއްޙީ ދާއިރާއާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުންވެސް ދެ ސަރުކާރުގެ މެދުގައި މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް