Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 21:44
ކައުންސިލްގެ ރައީސް އަލީ އިސްމާއިލް  އެމްޑީޕީއަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެިން
ކައުންސިލްގެ ރައީސް އަލީ އިސްމާއިލް  އެމްޑީޕީއަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެިން
މުހައްމަދު ޝަރުހާން
ކައުންސިލްގެ މެޖޯރިޓީ
ފެލިދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ
ފެލިދޫ ކައުންސިލްގައި ތިބެނީ ޖުމްލަ 3 މެންބަރުން
ފެލިދޫގެ ތާރީޚުގައިވެސް  އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ލިބުނު މީ ފުރަތަމަ ފަހަރު

ވ. ފެލިދޫ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާ ކަމަށް ފެލިދޫގެ އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަލީ ފައިސަލް ވިދާޅުވެއްޖެ އެވެ.

ފެލިދޫ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވަނީ  އެރަށު ކައުންސިލްގެ ރައީސް އަލީ އިސްމާއިލް ( ކުރީގައި ޕީޕީއެމްގެ މެންބަރެއް) އެމްޑީޕީއަށް ސޮއި ކުރުމާއި ގުޅިގެންނެވެ.

މި ކައުންސިލްގައި ތިއްބަވަނީ ޖުމްލަ 3 މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އަލީ އިސްމާއިލްގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް

( ޕީޕީއެމްގެ މެންބަރު ) އަލީ ރަޝީދާއި އެމްޑީޕީގެ މެންބަރު އަލީ ނައީމެވެ.  

ފެލިދޫގެ ތާރީޚުގައިވެސް  އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ލިބުނު މީ ފުރަތަމަ ފަހަރެވެ.

ފެލިދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއިލް އެމްޑީޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް