Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 18:44
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)
މުހައްމަދު ޝަރުހާން
އޭސީސީގެ މަސައްކަތްތައް
ކުރިއާއި ޚިލާފަށް މިހާރު ކޮރަޕްޝަނާއި ގުޅޭ ބޮޑެތި މައްސަލަތައް އޭސީސީއަށް ހުށައެޅޭ:ޝާކިރު
ކޮރަޕްޝަނުގެ އަމަލްތައް ހިންގަނީ ނޭނގިގެނެއް ނޫން
ހަލާލެއް ހަރާމެއް ބެލުމެއްނެތި ފުރުޝަތެއްގެ ބޭނުން ހިފުން އެއީ މޮޓޯއެއްގެ ގޮތުގައި ދެކޭ
ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ސްކޫލު އިންޓެގްރިޓީ ޕްރޮގްރާމްތައް ހިންގަމުންދޭ

ކުރިއާއި ޚިލާފަށް މިހާރު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުސައެޅިފައިވަނީ ޚިޔާނާތުގެ ވަރަށް ބޮޑަތި މައްސަލަތައް ކަމަށް އެ ކޮމިޝަނުގެ ސީނިއަރ އެޑިއުކޭޝަން އޮފިސަރ މުހައްމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ޝާކިރު ވިދާޅުވީ އޭސީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮރަޕްޝަނާއި ގުޅިގެން އެކޮމިޝަނަށް މިހާރު ހުށައެޅޭ މައްސަލަތައް އަދަދުގެ ގޮތުން މަދުވި ނަމަވެސް އެމައްސަލަތަކަކީ ބޮޑަތި މައްސަލަތައް ކަމަށެވެ.

ޝާކިރު ވިދާޅުވީ ކޮރަޕްޝަނުގެ އަމަލުތައް ހިންގަނީ ނޭނގިގެން ނޫން ކަމަށާއި އަމިއްލަ ފައިދާއާ ދަހިވެތިކަން ބޮޑުކަމުން ކަމަށެވެ

ހަލާލެއް ހަރާމެއް ބެލުމެއްނެތި ލިބޭ ކޮންމެ ފުރުޝަތެއްގެ ބޭނުން ހިފުން އެއީ މޮޓޯއެއްގެ ގޮތުގައި ދެކޭމީހުން ވެސް ގިނަ ކަމަށެވެ.

ޝާކިރު ވިދާޅުވީ އޭސީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދީނީގޮތުންނާއި ދުނިޔެވީ ގޮތުން ވެސް ކޮރަޕްޝަނާއި ފަސާދައިގެ އަމަލްތައް ހިންގުމުގެ ނުރައްކާތެރިކަން މީހުންނަށް ވިސްނައި ދިނުމަށްޓަކައެވެ.

އެގޮތުން މި ކަންކަމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުންނާއި އަންނަން އޮތް ޖީލުތައް ކޮރަޕްޝަނުގެ އަމަލުތަކުން ރައްކާތެރި ކުރުވުމުގެ ގޮތުން ސްކޫލްތަކުގެ އެކި އުމުރު ފުރާގެ ކުދިންނަށް އަމާޒްކޮށްގެން ސްކޫލު އިންޓެގްރިޓީ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ.  ކޮރަޕްޝަނާއި ފަސާދައިގެ ނުބައި އަމަލްތައް މުޖުތަމައުން ފުހެލުމަށްޓަކައި  ހުރިހާ މުއައްސަސާތަކެއްގެ ޒިންމާ އޭގެ އެންމެ އެދެވޭ ގޮތެއްގައި އަދާކޮށްގެން  އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް