Advertisement
ކ. މާލެ
|
15 މާރޗް 2019 | ހުކުރު 00:17
ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ
ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ
ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓަރު ޝިދާތާ
އަންހެނުންނަށް ހަމަހަމަ ފުރުޞަތު ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނަން: ޖެންޑާ މިނިސްޓަރު 
އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ: ޝިދާތާ
ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތަކާއި ބެހޭ ގޮތުން މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައި

އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. 

އ.ދ.ގެ މައި އިދާރާގައި ކުރިއަށް ދާ “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63 ވަނަ ސެޝަންގައި ސްޓޭޓްމެންޓް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށެވެ. އެގޮތުން އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށާއި، އަދި ގިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތަކަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ. 

ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތަކާއި، ދިވެހިރާއްޖޭން ޢަމަލުކުރަމުންދާ ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ މައްޗަށް ޝިދާތާ ވަނީ އަލިއަޅުވާލާފައެވެ. 

 ރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މުޖުތަމަޢުއިން މި ކަމުގައި ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. 

އަދި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ މިފަދަ ދަތިތަކާއި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާ ކަމަށާއި، އެ ގޮތުން ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދިވެހިރާއްޖޭގައި ތަޢާރުފުކުރެވިފައިވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި މަހުގެ 9ން 20ށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ މިދަތުރުފުޅުގައި “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް