Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 16:35
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން
ޙުސައިން ޙަސަން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
މަޖިލިސް އިންތިޚާބަށް ބޭނުންވާ ވަރަށް އީސީއަށް އޮފިޝަލުން ހަމަވެއްޖެ
ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަވީ ހަތަރު ފަހަރެއްގެ މަތިން އިއުލާން ކޮށްގެން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ ވަރަށް އިލެކްޝަންސް ކަމިޝަން(އީސީ)އަށް އޮފިޝަލުން ހަމަވެއްޖެ ކަމަށް އެކަމިޝަނުން ބުނެފިއެވެ. 

އީސީއަށް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަވީ ހަތަރު ފަހަރެއްގެ މަތިން އިއުލާން ކޮށްގެންނެވެ. 

ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އޮފިޝަލުން ބޭނުންވެގެން ހުޅުވާލި ހަތަރު ފުރުސަތުން 4634 މީހުން ލިބިފައިވާ ކަމަށެވެ. 

އަދި މިހާރު ދަނީ އޮފިޝަލުން ޓެރެއިން ކުރާނެ މީހުން(ޓްރެއިނާސް އޮފް ޓްރެއިނީ) ތަމްރީނު ކުރުން ކަމަށާއި ހުކުރު ދުވަހު އެމީހުންގެ ތަމްރީނު ނިމޭނެކަމަށް އަކްރަމް ވިދާޅުވިއެވެ. ޓްރެއިނަރުންގެ ގޮތުގައި 57 މީހުން އީސީއިން ޓްރެއިން ކުރެއެވެ. 

" ޓްރެއިނާސް އޮފް ޓްރެއިނީ އިން މިހާރު ތަމްރީނު ކުރަނީ. އެއަށްފަހު އޮފިޝަލުން ޓްރެއިން ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އޮފިޝަލުން ޓްރެއިން ކުރުމުގެ މަސައްކަތް މިމަހުގެ 23 ގައި ފަށާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާއިރު 87 ދާއިރާއަކަށް 393 ކެންޑިޑޭޓުން ވާދަކުރެއެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވެއެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް