Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 14:21
ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕޭން ފެށުން
ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕޭން ފެށުން
ރައީސް އޮފީސް
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް
ހަތް މިނިސްޓްރީއެއް ފިޔަވާ ހުރިހާ މިނިސްޓްރީއަކުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިފި
ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑު އިސްލާޙު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން

ހަތް މިނިސްޓްރީއެއް ފިޔަވައި ހުރިހާ މިނިސްޓްރީއަކުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ. 

ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިން ކާމިޔާބުކަމާ އެކު ކުރިއަށްދާކަން ހާމަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގުޅިގެން ޕްލާސްޓިކް ފޭސް-އައުޓް ކުރުމުގެ މަސައްކަތް ފަށައި އެކަންތައްތައް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކެފޭ/ރެސްޓޯރޭންޓްތައް ހިމެނޭ ގޮތަށް ޖުމްލަ 50 ފަރާތަކާ އެކު ޕްލާސްޓިކް ފޭސް އައުޓްކުރުމުގެ މަޝްވަރާތައް ވަނީ ކުރެވިފައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންްޏެވެ. އަދި ޕްލާސްޓިކް މަދުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުނެއެވެ. 

އޭގެ އިތުރުން ގިނަ އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމާއެކު ޕްލާސްޓިކް ފުޅި މަދުކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރެވެމުންކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީ އާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔުނިސެފް ގުޅިގެން ޔުނިސެފްގެ ހިލޭ އެހީގެ ދަށުން ތިމާވެށްޓާއި ރައްޓެހި ބީޕީއޭ ފްރީ ފުޅިތައް ބަހާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 212 ސްކޫލްގެ ގްރޭޑް 1 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ތިމާވެށްޓާއި ރައްޓެހި ފުޅި ބަހާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިހާތަނަށް ސަރުކާރުގެ ހަތް މިނިސްޓްރީ ފިޔަވާ ހުރިހާ މިނިސްޓްރީއަކުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާފައިވާކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާ އިދާރާތަކަށް ޒިޔާރަތްކޮށް މިނިސްޓްރީ އިން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން އެކަންތައް މޮނިޓަރކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރު އެކުލަވާލާފައިވާ ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑު އިސްލާޙު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ޕްލާސްޓިކް ފުޅި މަދުކުރުމުގެ ޤައުމީ ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް