Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 09:22
ވޯކްޝޮޕް ބާއްވަނީ ދެ ދުވަހުގެ މުއްދަތަށް
ވޯކްޝޮޕް ބާއްވަނީ ދެ ދުވަހުގެ މުއްދަތަށް
މުހައްމަދު ޝަރުހާން
އެންވަޔަރަމެންޓް މިނިސްޓްރީ
މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ގޮތުން ވަރކްޝޮޕެއް ބާއްވަނީ
ވަރކްޝޮޕް ބާއްވާނީ މިމަހުގެ  17-18 އަށް

ބައިނަލްއަގުވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން 13 ގައުމަކާ އެކު ރީޖަނަލް ވަރކްޝޮޕެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. 

އެ މިނިސްޓްރީން ބުނީ އެވަރކްޝޮޕަކީ ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓެރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ - ސައިޓީސް" ގެ 18 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސް (ކޮޕް 18) އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ވަރކްޝޮޕެއް ކަމަށެވެ. 

ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެ ވަރކްޝޮޕް ބާއްވާނީ 17-18 މާރިޗު 2019 ގައި މާލޭގައެވެ. މި ވަރކްޝޮޕްގައި ސައުތު އަދި އީސްޓް އޭޝިއާ ސަރަޙައްދުގެ 13 ޤައުމަކުން ބައިވެރިވާނެއެވެ.

"ޝާކް އެންޑް ރޭއި ކޮންޒަވޭޝަން ވަރކްޝޮޕް" ގެ ނަމުގައި ބާއްވާ މިވަރކްޝޮޕްގެ މައިގަނޑު މަގްސަދަކީ ބައިނަލްއަޤުވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާއި ފައިދާތަކަށް އަލިއަޅުވާލުމާއި، ކޮޕް 18 ގައި ސައިޓީސް އެޕެންޑިކްސް  IIއަށް މިދިރުންތަކުގެ އާ ބާވަތްތައް ހިމެނުމާއި، މިޔަރާއި މަޑީގެ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ބެހޭގޮތުން މަޝްވަރާކުރުމާއި އަދި މިދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަން ބައިނަލްއަޤުވާމީގޮތުން ބަލައިގަތުން ކަމަށް އެމިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 މާރޗް 2019 | ބުރާސްފަތި 07:04
ހަމީދު
ރާއްޖޭން މިއަރު މަދުކުރަން އެބަޖެހޭ. އާމު ރަޔިތުންނަށް ވަރަށް ގެލުން ވޭ މަސްވެރިކަން ކުރަން މިޔަރު ގިނަމީހުން ނަށް