Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 22:42
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގް މިނިސްޓްރީ
ހައުސިން މިނިސްޓްރީ
އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
މިގާނޫނުގެ ސަބަބުން ކުއްޔަށްދޭ ފަރާތާއި، ކުއްޔަށް ނަގާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވިގެންދާނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދިގެންދާ ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރުމަށް ހައުސިން މިނިސްޓްރީއިން ޕްރިމިއަރ ޗެމްބާސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ބުދަ ދުވަހު މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު  އަހުމަދު ނަޝީދު ކަމަށެވެ. އަދި ޕްރިމިއަރ ޗެމްބާސްގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެސޯސިއޭޓް ޑރ މުހައްމަދު އިބްރާހިމްއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިގާނޫނު ޑްރާފްޓް ކުރެވިގެން ދާނީ މިދާއިރާގެ ސްޓޭކް ހޯލްޑަރުންނާ އާއްމު ރައްޔިތުންގެ ފަބްލިކް ކޮންސަލްޓޭޝަންއާ ވެސް އެކުގައި ކަމަށެވެ. އަދި މިގާނޫނުގެ ސަބަބުން ކުއްޔަށްދޭ ފަރާތާއި، ކުއްޔަށް ނަގާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް