Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 18:03
ރައީސް ސޯލިހު މަހިބަދޫ ކައުންސިލަރުންނާއެކު
ރައީސް ސޯލިހު މަހިބަދޫ ކައުންސިލަރުންނާއެކު
ރައީސް އޮފީސް
ރައީސް ސޯލިހު
ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް
ތަރައްގީގެ ޕްލޭންތައް ކުރިއަށް ގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން
މަހިބަދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އދ.މަހިބަދޫ ކައުންސިލަރުންނާ ބައްދަކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތައް ކުރިއަށް ގެންދަނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށެވެ.

އެގޮތުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން މަހިބަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހާ ހިއްސާ ކުރެއްވިއެވެ.

ރައްކާތެރި ގޮތެއްގައި ކުނި ނައްތައިލާނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން އެކި ގޮތްގޮތުން ކުރިމަތިވަމުންދާ މައްސަލަތައް މަހިބަދޫ ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި ބޯހިޔާވަހިކަން ދަތިވެފައިވުމުގެ ސަބަބުން އިޖުތިމާއީ ގޮތުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން ވެސް މަހިބަދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

ކައުންސިލްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން އެ އިދާރާއަށް ކުރިމަތިވެފައިވާ ކަމަށް ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މަހިބަދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކުރެވޭނެ ކަންކަމާއި، އެހެން މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
13 މާރޗް 2019 | ބުދަ 13:30
ihaaru.
pure ecstasy nothing productive or have future potential