Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 13:38
އެކްސިޑެންޓްވި ވޭން
އެކްސިޑެންޓްވި ވޭން
މުހައްމަދު ޝަރުހާން
އެކްސިޑެންޓް
ތިމަރަފުށީގައި އެކްސިޑެންޓްވި އަންހެން މީހާ ކޯމާއެއްގައި!
އަނހެންމީހާ އަށް އަންނަނީ އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން

ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓެއްގައި ވޭނަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު އަންހެން މީހާގެ ހާލު ސީރިއަސްވެ، އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާގެ ފަރާތުން ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވާ ގޮތުން އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 52 އަހަރުގެ ޒުލޭޚާ އަބްދުލް ޣަނީގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށާއި މިވަގުތު އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ . ޒުލޭޚާ ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް އަންގާރަ ދުވަހުގެ ރޭ ވަނީ ކޮށްފައެވެ. އަދި ޒުލޭހާގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓަކާއި ދެ ދަތް ވެސް ބިނދިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި، އޭނާގެ ގައިގައި ޖެހުމުންނެވެ. ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަަމަށެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ ވޭން ދުއްވަން އިން ދިވެހި މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ .

މީގެ ހަފްތާއެއް ކުރިން ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސް ކުރަނިކޮށް އެކްސިޑެންޓްވެ ވަނީ ބޯފަޅައިގެން ގޮސްފައެވެ. ފުލުހުންގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ހަފްތާގައި މަގުމަތީގެ 52 އެކްސިޑެންޓެއް ހިނގާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް