Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 08:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ކުރީގެ ރައީސް ނަޝީދު
ވޯޓު ހޯދަން އުޅުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުން ދެކުނު: ރައީސް ނަޝީދު
އެމްޑީޕީން ނުކުތީ އަނިޔާވެރިކަން ނިންމުމަށް
އެމްޑީޕީން ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައިދޭނެ

މިފާއިތުވެދިޔަ އަހަރުތަކުގަ ވޯޓު ހޯދަން އުޅުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުން ދެކުނު ކަމަށާއި، އެވިސްނުން ބަދަލުކޮށްދިނީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ.ތޮއްޑޫގައި ބޭއްވި ކެންޕޭން ޖަލްސާގައި އެމްޑީޕީގެ ރައީސްކަން ކުރައްވާ ނަޝީދު ވިދާޅުވީ އެއްއިރެއްގަ ވޯޓު ހޯދުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުން ދެކުނު ކަމަށެވެ.

ނަޝީދު ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި ބައެއް މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބިރު ދައްކާ ކަމަށާއި، ހައްޔަރުކޮށް އަނިޔާކުރާނެކަމުގެ ބިރު ދެއްކި ކަމަށެވެ. އަދި އަނބިދަރިންނާ ވަކިކުރާނެ ކަމުގެ ބިރާއި، މިލްކިއްޔާތު ނަގާނެ ކަމުގެ ބިރު ވެސް ދެއްކި ކަމަށެވެ.

"ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން ބޭއްތިއްބީމަ ބިރުން ގޮސް ހެޔޮ ފާހަގަޖަހާނެ ކަމަށް ވިސްނިގެން ވޯޓު ހޯދުމަށް ކުރާ މަސައްކަތް.އަޅުގަނޑުމެން އެމްޑީޕީން އެދުވަހު ވެސް ނުކުމެތިބީ މިއީ ކޮންކަމެއްކަން އެނގިގެން. ގައުމެއް ތަރައްގީވެދަނީ ވަކި ޚާއްސަ ކަންތައްތަކެއް ވަކި އިރެއްގަވަކި ގޮތަކަށް ކުރެވުނީމަ ކަން ސާފު." ނަޝީދު ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ މީގެ ކުރިން އެޖަލުތަކުގަ އެތައް ރައްޔިތަކަށް ނުހައްގު އަނިޔާދީފައިވާ ކަމަށެވެ. އެމްޑީޕީން ނުކުތީ އަނިޔާވެރިކަން ނިންމާ ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުވައި، ފޮތް ލިސްޓް ހޯދުމަށް ރައްޔިތުން ކުރި އާދޭސްތަކަށް ނިމުން ގެނައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ މެނިފެސްޓޯ ހުށަހަޅަމުން ފާހަގަކުރީ އިޖްތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދޭން ކަމަށެވެ.

އެގޮތުން ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއްދޭނެ ކަމަށާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ނުކުޅެދޭފަރާތްތަކަށް އިނާޔަތެއްދޭނެ ކަމަށާއި، ބަލިވީމަ ދެކޮޅު ޓިކެޓާއި، ތީމުގެއިންދޭ 200 ޑޮލަރު މަދުމީސްކޮޅަކަށް ދިނުމުގެ ބަދަލުގަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުއޮތްނަމަ އެމީހަކުވީ ބައްޔަކަށް ބޭސްކޮށްދިނުމަށް އޮންނަ ނިޒާމެއް އުފެއްދުން ކަމަށާ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުން ކަމަށެވެ. މިކަންކަން ތަންފީޒު ކުރީ އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވިއެވެ. 

2008 ވަނަ އަހަރު އެމެނިފެސްޓޯ ހުށަހެޅިއިރު ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި މިބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، ރައްޔިތުންގެ ހިޔާލަށް ވެސް ނުގެނެވޭ މިކަންކަން ތަންފީޒު ކޮށްދިނީ އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަހަރުގެ މަޖިލިސް އިންތިޚާބަށް އެކުލަވާލި އެޖެންޑާ19 އަކީ އެމްޑީޕީގެ ތަޖުރިބާއާ، ރައްޔިތުންގެ މަސްލަހަތަށް އެކުލަވާލައިފައިވާ އެޖެންޑާއެއް ކަމަށެވެ. އަދި މިއެޖެންޑާގެ ކަންކަން ތަންފީޒު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 މާރޗް 2019 | ބުދަ 04:31
Beybe
Vote dhimaakoh karantu aguheyo kurumai bodathimashrooutah hingaanekamh bune meehunah olhuvalumaai kewumaai sayaai hileydhinu.aai Campein dhathiruthakugai dhaulathuge thakethi beynunkurumaai mihidhe haththaaves Coraption ge amaluthah adhiCanpein gaayvefaivanikoh thafaathu nannamugai kunfunithah ufadhdhaa sapoatarunnah vazeefaadhinukI vee magaamuge nifoozu beynunkoggen dhevey education mikanbelumah ACC ah govaalan